Sunday, 26 July 2026
Ads by

ހޯރަފުށީ ހާފްވޭ ހައުސްގައި ތިބި ކުދިން ނުކުމެ އެ ރަށު މީހަކަށް ބޮޑެތި އަނިޔާތަކެއް ދީފި، ހާލު ސީރިއަސް

ހޯރަފުށީ ހާފްވޭ ހައުސްގައި ތިބި ކުދިން ނުކުމެ އެ ރަށު މީހަކަށް ބޮޑެތި އަނިޔާތަކެއް ދީފި، ހާލު ސީރިއަސް

ހއ. ހޯރަފުށި---

ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ރިހިބިލިޓޭޝަން ސެންޓަރު (ހާފްވޭ ހައުސް) ގައި ތިބި ކުދިންތަކެއް އެ މަރުކަޒުން ފިލައިގެން ނުކުމެ، އެ ރަށު އަތިރިމަތީގައި މަސްބާނަން ހުރި މީހަކު ރަހީނުކޮށްފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މަރުކަޒުން ނުކުތް ކުދިންތަކެއް ވަނީ އަތިރިމަތީގައި މަސްބާނަން ހުރި މީހާ ހިފަހައްޓައި، އޭނާ ރަހީނުކޮށްގެން ގެންގޮސް، ވަރަށް ބޮޑަށް އަނިޔާކުރުމަށްފަހު ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއަށް ވަނީ އެއްލާލާފައެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ.

މި ހާދިސާއާ ގުޅިގެން ހޯރަފުށީގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ހާދިސާއާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ކުދިން ބައިތިއްބާފައިވާ މަރުކަޒުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފައްދާފައެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މިކަމުގެ ސަބަބުން ރަށުގެ އަމާންކަން ގެއްލިފައިވާ ކަމަށް ބުނެފައެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް މިހާރު ދަނީ ހޯރަފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ ހއ. ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ސާފު ނުވި ނަމަވެސް، ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށާއި އެ މީހާ ފެނުނުއިރު އޮތީ ހޭނެތިފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި