Wednesday, 9 September 2026
Ads by

ފްރާންސް ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް!

ފްރާންސް ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް!

ފިފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފްރާންސް 0-2 އިން ބަލިކޮށް، ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިންގެ ފަރާތުން ފެނުނީ ވަރަށް ރޭވުންތެރި އަދި ކޮންޓްރޯލްޑް ކުޅުމެކެވެ.

Ad Image
Ads by

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސްޕެއިނަށް ކުރިހޯދައިދިނީ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔަރޒަބާލްއެވެ. މިއީ ފްރާންސްގެ ލޫކަސް ޑީނޭ، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ.

ސްޕެއިންގެ ދެވަނަ ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕެޑްރޯ ޕޯރޯއެވެ. ޑެނީ އޮލްމޯއާ އެކު ކުޅުނު ވަރަށް ރީތި ”ވަން-ޓޫ“ އަކަށްފަހު ޕޯރޯ ވަނީ ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނަން ބަލިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

މުޅި މެޗުގައި ސްޕެއިންގެ މިޑްފީލްޑުން ކުޅުން ކޮންޓްރޯލް ކުރިއިރު، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއަށް ސްޕެއިންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި އެމްބާޕޭ ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މިއީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުގައި ވިދިވިދިގެން ތިންވަނަ ފަހަރަށް ސްޕެއިން އަތުން ފްރާންސް ބަލިވި ފަހަރެވެ. މީގެ ކުރިން ޔޫރޯ 2024 އަދި 2025 ގެ ނޭޝަންސް ލީގުގައިވެސް ސްޕެއިން ވަނީ ފްރާންސް ބަލިކޮށްފައެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ބައިކޮޅަށް ގޯލެއް ވަނަނުދީ ދަތުރުކުރި ފްރާންސް ޓީމަށް ރޭގެ މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުމުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އަނެއްކޮޅުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން، ދެވަނަ ފަހަރަށް ތަށި އުފުލާލުމުގެ އުންމީދުގައި މިހާރު ވަނީ ފައިނަލަށް ތައްޔާރުވެފައެވެ.

އަންނަ އާދިއްތަ ދުވަހު ނިއުޔޯކް/ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ އިންގްލޭންޑް ނުވަތަ އާޖެންޓީނާއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި