Wednesday, 9 September 2026
Ads by

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: މަޝްރޫއުގެ ކްރެޑިޓް ނަގަން އެމްޑީޕީން ފައިވިއްދައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: މަޝްރޫއުގެ ކްރެޑިޓް ނަގަން އެމްޑީޕީން ފައިވިއްދައިފި

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ތަރައްގީކޮށްފައި--- ފޮޓޯ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން ނިންމާލުމާއެކު އެއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށް ބުނެ މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ މުވައްޒަފަކު މަޝްރޫއުގެ ކްރެޑިޓް ނަގަން މަސައްކަތްކޮށްފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލެ ސިޓީގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުން، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. ނަމަވެސް، މި މަޝްރޫއު ނިމުމާއެކު މި މަޝްރޫއުގެ ކްރެޑިޓް ލިބެންޖެހޭ ހަގީގީ ފަރާތަކީ ކޮބާކަމާމެދު މީސް މީޑިއާގައި މިހާރު ވަނީ ބަހުސެއް އުފެދިފައެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ އެމްޑީޕީގެ އެކްޓިވިސްޓް ޝަތުފާ ޝަފީޢު ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާވައި، ފަށާފައިވާ މަޝްރޫއެއް ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި މިހާރުގެ ސަރުކާރުން ކުރި ކަމަކީ ކުރީ ސަރުކާރުން ފަށާފައި އޮތް މަޝްރޫއެއް ނިންމާލުމެވެ.

މި މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، ވާރޭވެހި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ. މި މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައިވާއިރު، މިއީ މާލޭގެ ރީތިކަމާއި ތަރުތީބަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، މި ސަރުކާރުން އިފްތިތާހުކުރާ ގިނަ މަޝްރޫއުތަކަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ބަޖެޓު ހަމަޖައްސައި، އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ބާރުމިނުގައި ކުރިއަށް ގެންދަމުންނެވެ. މިގޮތުން ބޮޑުތަކުރުފާނު މަގު ހެދުމަކީ މާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް މަގު ބޭނުންކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު، 455 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މި މަޝްރޫއަށް 144 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިގެން ވަނީ ތަރައްގީކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި