Saturday, 24 October 2026
Ads by

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 18 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

Ad Image
Ads by

މިމައްސަލާގައި ހައްޔަރު ކުރީ ޅ. ކުރެންދޫ ޒުވާނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުން ކޯޓުންވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

ކޯޓުގައި ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ހިމެނޭ ކޮތަޅު ޒުވާނާގެ އަތަށް ދިން މަންޒަރު ފުލުހުންނަށް ފެނުނު ކަމަށާއި، އަދި ފުލުހުން އޭނާ ހުއްޓުވުމުން އަތުގައި އޮތް ކޮތަޅު މަގުމައްޗަށް އެއްލާލާފައިވާކަމަށެވެ. އެއްލާލިތަން ފުލުހުންނަށް ފެނުނުކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ މަގުމަށްޗަށް އެއްލާލި ކޮތަޅުގައި 1050 ބަރުދަނުގެ މަސްތުވާތަކެތި ހުރިކަމުގައެވެ.

ހައްޔަރު ކުރި ޒުވާނާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމުން ވަނީ ޓީއެޗްސީއަށް ޕޮޒިޓިވްވެފައެވެ. ޒުވާނާގެ ބަންދު އަމުރުގައި ވާގޮތުން އޭނާއާއި ދެކޮޅަށް ވަނީ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވާކަމަށް ބުނެފައެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރުމަށް ގެންގުޅުނު މަސްތުވާތަކެތިކަމަށް ބެލެވޭނީ މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނަ ކެނަބިސް ނުވަތަ ހަތަރު ގްރާމަށް ވުރެ ގިނަ ޑައިމޯފިންގެ ބާވަތެއް ފެނިއްޖެ ނަމައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. އެއީ 25 އަހަރުދުވަހުގެ ޖަލު ހުކުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި