އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބައިނަލްއަޤްވާމީ ކަނޑުގެ ހަނގުރާމައިގެ ތާރީޚުގައި އާ ޓެކްނޮލޮޖީއެއް ތައާރަފްކޮށް، ފުރަތަމަ ފަހަރަށް ޙަމަލާދޭ ކަނޑުގެ އޮޓޮނޮމަސް ޑްރޯން (ވަން ވޭ އެޓޭކް ޑްރޯންސް) ހަނގުރާމައިގެ މައިދާނުގައި ބޭނުންކޮށްފިއެވެ.
މި ޑްރޯންތައް ބޭނުންކޮށްގެން ޙަމަލާދީފައިވަނީ އީރާނުގެ އެންމެ އިސްތިރާޖީ އެއް ބަނދަރު ކަމަށްވާ ބަންދަރު އައްބާސްގައި ހުންނަ، އީރާނުގެ އަސްކަރީ މަނަވަރުތަކާއި ސަބްމެރިންތައް މަރާމާތުކުރާ މަރުކަޒަށެވެ.
Yesterday, using multiple one-way attack surface drones, CENTCOM forces successfully struck a submarine and ship maintenance facility in Iran. Three Corsair unmanned surface vessels hit the port at Bandar Abbas Naval Base, marking the first time American forces have employed sea… pic.twitter.com/bOM2kmgRxz
— U.S. Central Command (@CENTCOM) July 13, 2026
އެމެރިކާ ސިފައިން ބުނާގޮތުގައި މި ހަމަލާގެ ސަބަބުން އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމަށް އީރާނުން ގެންގުޅޭ އަސްކަރީ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ވައިގެ މަގުން ހަރަކާތްތެރިވާ ޑްރޯންތަކުގެ ބަދަލުގައި، ކަނޑުގެ ލޮނގަނޑުމަތިން ދަތުރުކޮށް ގޮއްވާލާ މި އާ ކަނޑުގެ ޑްރޯންތައް ބޭނުންކުރުމަކީ އަސްކަރީ އުކުޅުތަކަށް އައި ވަރަށް ބޮޑު ބަދަލެކެވެ. މި ހަމަލާއަކީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހޫނު ހަނގުރާމައިގެ ތެރެއިން ދެވުނު ވަރުގަދަ ޙަމަލާއެކެވެ.













