Wednesday, 9 September 2026
Ads by

އަޅުގަނޑު ޖަލަށްލާ ނުހައްގުން އަނިޔާދިނީ ޞާލިޙު، ރައީސް މުޢިއްޒު އެފަދަ ކަމެއް ނުކުރައްވާނެ: ޔާމީން

އަޅުގަނޑު ޖަލަށްލާ ނުހައްގުން އަނިޔާދިނީ ޞާލިޙު، ރައީސް މުޢިއްޒު އެފަދަ ކަމެއް ނުކުރައްވާނެ: ޔާމީން

ކުރީގެ ރައީސް ޔާމީން---

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލައި، ނުހައްގުން އަނިޔާދިނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކަމަށާއި ނަމަވެސް، ރައީސް މުޢިއްޒު އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ޔާމީން މިމޭރުމުން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާ ވާދަކުރައްވަން ޔާމީން ނުކުންނަވާފާނެ ކަމުގެ ބިރުވެރިކަމުގައި، އެމަނިކުފާނު އަލުން ޖަލަށްލާން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ދައްކާފައެވެ.

އެ މައުލޫއަށް ވާހަކަދެކެވެމުން ދަނިކޮށް، އެ ވާހަކަތައް މެދުކަނޑާލައްވައި ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ގެންގުޅުމުގެ ވިސްނުން ރައީސް މުޢިއްޒު ގެންގުޅުއްވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖަލަށްލުމުގެ ވިސްނުން ގެންގުޅުނީ އެމްޑީޕީއާއި ކުރީގެ ރައީސް ޞާލިޙު ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑު ޖަލުގައި ގެންގުޅުނީ ރައީސް މުޢިއްޒެއް ނޫން. އަޅުގަނޑު ޖަލުގައި ގެންގުޅުނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު،“ – ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ޞާލިޙު އެކަން އެގޮތަށް ކުރެއްވީ، އެމަނިކުފާނު ޖަލުގައި ބާއްވައިގެން ނޫނީ ދެވަނަ ދައުރެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ކަހީނަކު ލަފާދިނުމުން ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒަކީ ކަންކަމުގައި ހިސާބުތަކެއް ޖައްސަވައިގެން އުޅުއްވާ ބޭފުޅަކަށް ވާތީ، އެފަދަ ނިންމެވުމެއް އެމަނިކުފާނު ނިންމަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް، ރައީސް ޔާމީން ގެއަށް ބަދަލުކުރެވުނީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަމިއްލައަށް ޕީޕީއެމްއިން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވައި މި ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި