Wednesday, 9 September 2026
Ads by

ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުވާގޮތް ހަދަނީ

ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުވާގޮތް ހަދަނީ

ދިގު މުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގިރިފުށީގައި ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ދުރު ވިސްނުންފުޅުގެ ދަށުން ސިފައިންގެ ވަޒިފާއަކީ ސުކޫލު ނިންމާފައި ޒުވާނުންނަށް ކުރިއަށް ދާން ފަހިކޮށްދެވޭ މަގެއް ކަމުގައި ހަދައިދެއްވަން މަސައްކަތް ކުރައްވާ ކަމަށެވެ.

އެމަނިކުފާނުގެ ވިސްނުންފުޅުގައި އޮތީ ދިވެހިސިފައިންގެ ޚިދުމަތަކީ ޒުވަނުންނަށް ކެރިއަރ ޕާތެއްގެ ގޮތުގަ ހަމަޖައްސަވައިދެއްވުން. އޭގެ މާނައަކީ ތި ޒުވާނުންނެކޭ އެއްފަދައިން ސުކޫލް ދައުރު ނިންމަވާ އެހެން ޒުވާނުންވެސް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ޤައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް، މިސާލަކަށް އިންޖިނޭރަކަށް ވާން ބޭނުން ކުއްޖެއް އިންޖީނެރިން ޑިގްރީއަށް، ޑޮކްޓަރަކަށްވާން ބޭނުން ކުއްޖެއް މެޑިސިން ހަދަން، ސްކޮކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަށްޓަވާފައި

– ޑިފެންސް މިނިސްޓަރު ޣައްސާން

މީގެއިތުރުން ރަސްމިއްޔާތުގައި ޣައްސާންވަނީ ލަޝްކަރު ބަލާ ފާސްކޮށް ދެއްވުމަށްފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ. ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުން ޖުމުލަ 98 ދަރިވަރުން ދަސްވެނިވިއިރު ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ، ޕްރައިވެޓް ހަމްނާ ރަޝީދެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2023 އޮކްޓޫބަރު 28 އިން ފެށިގެން ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ. މި ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި