ބ. އޭދަފުށީ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ އޭދަފުށީ ބަނދަރު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.













