Wednesday, 9 September 2026
Ads by

އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ދައުލަތް ހިންގުމުގެ ނަތީޖާ ފެންނަމުންދަނީ ހިތިކޮށް: އަޒާން

އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ދައުލަތް ހިންގުމުގެ ނަތީޖާ ފެންނަމުންދަނީ ހިތިކޮށް: އަޒާން

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކޮށްގެން ދައުލަތް ހިންގުމުގެ ނަތީޖާ މިއަދު ފެންނަމުންދަނީ ވަރަށް ހިތިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އަޒާން މިހެން ވިދާޅުވީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ރިއާޔަތްކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، އެމްޑީޕީ ސަރުކާރުގައި މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ދޫކުރި މިންވަރު ވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އެމްއެމްއޭއިން ދައުލަތަށް ދޫކޮށްފައިވާ ފައިސާގެ މިންވަރު 6.25 ބިލިއަން ރުފިޔާގައި ހުރިއިރު، 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 14.61 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އަޒާން ފާހަގަކުރެއްވިއެވެ. އަދި ނެޓް ކްލެއިމްސްގެ މިންވަރު 5.28 ބިލިއަނުން 12.61 ބިލިއަން ރުފިޔާއަށް އުފުލިފައިވާކަން އަޒާން ފާހަގަކުރެއްވިއެވެ.

އަޒާން ވިދާޅުވި ގޮތުގައި މިއީ ”މަނިޓަރީ ފައިނޭންސިންގް“ ނުވަތަ އާންމު ބަހުން ނަމަ ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިމާވި މައްސަލައެކެވެ. މިކަމާ ގުޅިގެން އެ ދުވަސްވަރު ކަންބޮޑުވުން ފާޅުކުރުމުން، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވަމުން ގެންދެވީ އިތުރުވާ ފައިސާ ލިކުއިޑިޓީ މާކެޓުން އަނބުރާ ނަގާނެ ކަމަށާއި ނަމަވެސް، އަމަލީ ގޮތުން އެކަން އެގޮތަށް ކުރެވިފައި ނުވާކަން އަޒާން ފާހަގަކުރެއްވިއެވެ.

މިއަދު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމާއި ދިވެހި ރުފިޔާއަށް ކުރިމަތިވެފައިވާ ފިއްތުންތަކާ ބެހޭގޮތުން ކުރީގެ މިނިސްޓަރު އަމީރު ވާހަކަދައްކަވާއިރު، މި ނާޒުކު ހާލަތަށް ގައުމު ވެއްޓުމުގައި އޭނާގެ އަމިއްލަ ސިޔާސަތުތަކުގެ ދައުރެއް އޮތްކަން ހަނދާން ނައްތާލައްވާފައިވާ ކަމަށް ވިދާޅުވެ އަޒާން ވަނީ އަމީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިފަދަ އިގްތިސާދީ ގޮންޖެހުންތަކުން ގައުމު ސަލާމަތްކޮށް، މާލީ ހަމަޖެހުން ގާއިމުކުރުމަށެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާ މަޑުމަޑުން ނަމަވެސް އަންނަނީ ފެންނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި