ހުރުމްޒް ކަނޑުއޮޅީގެ ބާރުވެރިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކައާއެކު، ފާރިސީ ކަނޑުއޮޅީގެ މަސްރަހު އިތުރަށް ގޯސްވެއްޖެއެވެ. ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއިން ނަގާނެ ކަމަށާއި، އެތަން ބެލެހެއްޓުމަށް ”ގާޑިއަން އެންޖަލް“ ގެ ނަން ދީފާނެ ކަމަށެވެ.
ޓްރަމްޕް ބުނިގޮތުގައި މި ކަނޑުއޮޅި ބެލެހެއްޓުމަށް އެމެރިކާއަށް ”ބޮޑު އަދަދަކުން ފައިސާ“ ލިބެންޖެހޭނެ ކަމަށެވެ. ”އެހެން ޤައުމުތަކަކީ ވަރަށް މުއްސަނދި ޤައުމުތައް. އެމީހުން އަހަރެމެންނާއެކު އޮތީ، އެހެންވީމާ އަހަރެމެން މި މަސައްކަތް ހިލޭ ކޮށްދޭން ނުޖެހޭނެ،“ ޓްރަމްޕް ބުންޏެވެ.
އީރާނުން ދަނީ މި ކަނޑުއޮޅިއަކީ އެމީހުންގެ ސިޔާދަތީ ތަނެއް ކަމަށް ބުނެ، މިސައިލް ޙަމަލާތައް ދެމުންނެވެ. އީރާނުގެ އައި.އާރު.ޖީ.ސީ އިން ބުނެފައިވަނީ އެމެރިކާއިން މި ސަރަހައްދަށް އަތްގަދަ ކުރުމަކީ ”ޤާނޫނާ ޚިލާފު“ ކަމެއް ކަމަށެވެ.
މި ދެ ޤައުމުގެ ދެމެދުގައި ކުރެވެމުންދާ މި އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ދަތުރުފަތުރަށް ބޮޑު ބުރޫއެއް އަރައި، ތެލުގެ އަގު ވަނީ އުފުލިފައެވެ. އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ވަރުގަދަ ވައިގެ ޙަމަލާތަކާއި، އީރާނުން ގަލްފުގެ ޤައުމުތަކަށް ދެމުންދާ ޙަމަލާތަކާއެކު ހަނގުރާމަ މިހާރު މިވަނީ ނުރައްކާތެރި ހިސާބަކަށް ގޮސްފައެވެ.













