Wednesday, 9 September 2026
Ads by

އައްޑޫ ބަހުރުވައިން ސޯދިގު ސުވާލުކުރެއްވުމުން މިނިސްޓަރު މުއްޠަލިބުގެ ޖަވާބު ހުވަދޫ ބަހުރުވައިން!

އައްޑޫ ބަހުރުވައިން ސޯދިގު ސުވާލުކުރެއްވުމުން މިނިސްޓަރު މުއްޠަލިބުގެ ޖަވާބު ހުވަދޫ ބަހުރުވައިން!

މިނިސްޓަރު މުއްޠަލިބް (ކ) އަދި ސޯބެ (ވ)---

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އާދަކޮށް އައްޑޫ ބަހުރުވައިން މިނިސްޓަރުންނާ ސުވާލުކުރައްވާ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުﷲ ސޯދިގު (ސޯބެ) އަށް، ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ހުވަދޫ ބަހުރުވައިން ޖަވާބުދެއްވައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތް ފަހުން، ސޯބެ ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މުޅިންވެސް އައްޑޫ ބަހުރުވައިން ވާހަކަދައްކަވަމުންނެވެ. މިކަމުގެ ސަބަބުން ބައެއް މިނިސްޓަރުންނަށް ސުވާލުތައް ފަހުމުނުވެ، ޖަވާބުދެއްވުމަށް ދަތިވާކަން ފާހަގަކޮށްލެވެއެވެ. ސޯބެ މިނިސްޓަރާ ސުވާލުކުރެއްވީ ފެނަކައިގެ ފެން ޕްލާންޓަށް މައްސަލަ ޖެހި، ފެނުގެ ހިދުމަތަށް ބުރޫއަރަމުންދާ މައްސަލައާއި، އައްޑޫ ހިތަދޫގައި ސަރުކާރުން ތަރައްގީކުރާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް އަލުން ފަށާނެ ތާރީހަކާ ގުޅޭގޮތުންނެވެ.

ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން، މިނިސްޓަރު މުއްޠަލިބު ވަނީ އައްޑޫ ބަހުރުވައިން ވާހަކަދެއްކެވީމަ ހުވަދޫ ބަހުރުވައިން ޖަވާބުދެއްވުން އެންމެ ރަނގަޅުތޯ ސޯބެގެ އަރިހުން އައްސަވާފައެވެ. އަދި އެގޮތް އެންމެ ރަނގަޅު ނަމަ ހުވަދޫ ބަހުރުވައިން ކުރިއަށްގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މުއްޠަލިބަކީ ގދ. ފިޔޯރީއަށް އުފަން ބޭފުޅެކެވެ.

”އައްޑޫ ބަހުން ވާހަކަދެއްކެވީމާ އަޅުގަނޑުު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ؟ ހުވަދޫ ބަހުން އަޅުގަނޑު ކުރިއަށްގެންދާނަން،“ – މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

ސޯބެގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފެނުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި މި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ފެން ހޮޅިތަކަށް މައްސަލަ ދިމާވެގެން އުޅެނީ ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ސޯދިގު ހުންނެވިއިރު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުންކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ހުވަދޫ ބަހުރުވައިން ހޫނު ރައްދެއް ދެއްވާފައެވެ.

”ހީވަނީ މެންބަރު ވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގަންޖެހޭ ކަމެއްހެން މިކަމަކީ،“ – މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އައްޑޫ ބަހުރުވައިން ވާހަކަދައްކަވާ ސޯބެ މީގެ ކުރިން ވިދާޅުވީ، އޭނާއަށް މާލޭ ބަހުރުވަ ނޭނގޭ ކަމަށާއި އަދި މާލޭ ބަހުރުވަ މިހާރު ދަސްކުރަމުންދާ ކަމަށެވެ. ނަމަވެސް، މީގެ ކުރިން މާލޭ ބަހުރުވައިން ފަރިތަކަމާއެކު ސޯބެ ވާހަކަދައްކަވާފައިވާ ވީޑިއޯތައް މީސް މީޑިއާގައި ދައުރުވަމުންދާތީ، އޭނާ މަޖިލީހުގައި މިގޮތަށް ކަންތައް ކުރައްވަނީ މިނިސްޓަރުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި