Sunday, 26 July 2026
Ads by

އައްޑޫ ލިންކް ރޯޑް ތަރައްގީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްއެބަދޭ: މުއްޠަލިބު

އައްޑޫ ލިންކް ރޯޑް ތަރައްގީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްއެބަދޭ: މުއްޠަލިބު

ހައުސިންގ މިނިސްޓަރު މުއްޠަލިބް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަޙްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، އައްޑޫ ސިޓީ ލިންކް ރޯޑަކީ އައްޑޫގެ ރަށްތައް ގުޅުވައިދޭ ހަމައެކަނި މަގަށްވެފައި، ބަދަލުގައި ބޭނުންކުރާނެ އެހެން މަގެއް ނެތުމަކީ މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮތް ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން، މަސައްކަތް ކުރިއަށް ގެންދަނީ އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ރޭވުންތެރިކަމާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެ މަގު ހަދާއިރުގައި ވިސްނާލަންޖެހޭނީ އެއް ފަރާތް ހަދާފައި، ހުޅުވާފައި، އަނެއް ފަރާތް ހެދުމުގެ ކަންތައްވެސް. ރައްޔިތުންނަށް އެ މަގު ބޭނުން ނުކުރެވޭ ގޮތަށް އެއްކޮށް ބަންދުކޮށްގެން ނުކުރެވޭނެކަން،“ – މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ދެ ލޭނަށް އޮތް ބައެއް ސަރަހައްދުތައް ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މަގު ފުޅާކުރުމަށްފަހު ދުއްވާ ސަރަހައްދު ނުވަތަ ކެރިއޭޖްވޭގެ މަސައްކަތް ނިންމުމަށް ކަމަށާއި ސައިޑްވޯކްތަކުގެ މަސައްކަތް ކުރިއަށްދާނީ އޭގެ ފަހުން ކަމަށެވެ.

ސަރުކާރުން މި މަޝްރޫއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިއްޔެވެސް ރައީސް މުޢިއްޒާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރާއެކު މި މަޝްރޫއާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި މަސައްކަތް ވީހާވެސް އަވަސް މިނެއްގައި ނިންމުމަށް ސަރުކާރުން ބާރުއަޅަމުންދާކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ އިން ފެށިގެން ގަމާ ހަމައަށް ގުޅައިލަދޭ 16 ކިލޯމީޓަރުގެ މި ލިންކް ރޯޑަކީ 2001 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ، މަގެކެވެ. މި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް 829 މިލިއަން ރުފިޔާ ހަރަދުވާ މި ބިޔަ މަޝްރޫއު ނިންމުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ 1,440 ދުވަހުގެ މުއްދަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި