Wednesday, 9 September 2026
Ads by

”އަލްވަދާއު އެކީ އިޒްރޭލުގެ އެންމެ ބޮޑު އެއް އެކުވެރިޔާ“ ޔަހޫދީ ޒަޔަނިސްޓު ބޮޑުން ލިންޑްސީ ގްރޭހަމް މަރުވުމުން ހިތާމަކުރަނީ

”އަލްވަދާއު އެކީ އިޒްރޭލުގެ އެންމެ ބޮޑު އެއް އެކުވެރިޔާ“ ޔަހޫދީ ޒަޔަނިސްޓު ބޮޑުން ލިންޑްސީ ގްރޭހަމް މަރުވުމުން ހިތާމަކުރަނީ

މާރޗު 2019, އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (މެދުގައި)، ސެނެޓަރ ލިންޑްސީ ގްރޭހަމް (ވާތްފަރާތުގައި) އަދި އިޒްރޭލަށް އޭރު ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ޑޭވިޑް ފްރީޑްމަންއާއެކު އިސްތިއުމާރުކޮށްފައިވާ ގޯލާން ހައިޓްސްއަށް ޒިޔާރަތްކުރަނީ. (ދަ ގާޑިއަން)

އެމެރިކާގެ ލިންޑްސީ ގްރޭހަމް، ކުއްލި ގޮތަކަށް ބަލިވެ 71 އަހަރުގައި މަރުވެއްޖެއެވެ. މި ޚަބަރާއެކު ބެންޖަމިން ނަތަންޔާހޫ، އިސާކް ހާޒޯގް، އިޒްރޭލް ކަޓްސް، ގިޑިއޮން ސާރު، އަދި ނަފްތާލީ ބެނެޓް ވަނީ ލިންޑްސީ ގްރޭހަމްއަކީ އެމީހުންގެ ގާތް އެކުވެރިއެއް އަދި އެންމެ ވަރުގަދަ ތާއީދުކުރާ ފަރާތް ކަމަށް ބުނެ ހިތާމަ ފާޅުކޮށްފައެވެ.

Ad Image
Ads by

ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ”ލިންޑްސީއަށް އިޒްރޭލާއި އެމެރިކާގެ ސަލާމަތަކީ ވަކިނުކުރެވޭނެ އެއްޗެއްކަން އެނގޭ“ ކަމަށާއި ”އިޒްރޭލަށް އެންމެ ބޮޑެތި އެކުވެރިންގެ ތެރެއިން އެކަކު ގެއްލުނީ“ ކަމަށެވެ. އިޒްރޭލުގެ އެހެނިހެން އޮފިޝަލުން ވެސް ވަނީ ލިންޑްސީ ގްރޭހަމްއަކީ އެ ޤައުމުގެ އެންމެ ވަރުގަދަ އެކުވެރިޔާ ކަމަށް ސިފަކޮށްފައެވެ.

އިޒްރޭލުގެ ނަސްލުހޭދުއަށް ފާޅުގައި ތާއީދުކުރުން

ލިންޑްސީ ގްރޭހަމްގެ ސިޔާސީ ހަޔާތުގައި އޭނާ ވަނީ އެމެރިކާގައި އޮންނަ ޔަހޫދީ ލޮބީއާ ވަރަށް ގާތް ގުޅުމެއް ބާއްވާފައެވެ. އަދި އޭނާއަކީ އިޒްރޭލުގެ ހަރުކަށި ސިޔާސަތުތަކަށް ވަކާލާތުކުރި މީހެކެވެ. ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދުގެ ޢަމަލުތަކަށް އޭނާ ވަނީ ފާޅުގައި ތާއީދުކޮށްފައެވެ. ޚާއްސަކޮށް، ޣައްޒާ ބިމާ ހަމަކޮށްލަން ޖެހޭނެ ކަމަށް ބުނެ، ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން އެހެން ޤައުމުތަކާ ދެކޮޅަށް ހިންގި ޖަރީމާތަކާ އެއްގޮތަށް ޣައްޒާއާ މެދު ޢަމަލުކުރަން ގޮވާލާފައިވެއެވެ.

އޭނާގެ ވާހަކަތަކުގައި، މުސްލިމް އާބާދީތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަބަދުވެސް ބާރުއަޅާފައިވެއެވެ. ޚާއްސަކޮށް ޢަރަބި ޤައުމުތަކުގައި އެމެރިކާގެ ނުފޫޒާ ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކާ ދެކޮޅަށް އޭނާ ދައްކާފައިވާ ހަރުކަށި ވާހަކަތަކަކީ ބައިނަލްއަޤުވާމީ މަސްރަހުގައި ފާހަގަކޮށްލެވޭ ކަންކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު