Sunday, 26 July 2026
Ads by

ޣައްޒާ ބިމާ ހަމަކޮށްލަން ގޮވާލި ހަރުކަށި ނަޞާރާ ފިކުރުގެ އެއް ބާނީ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރޭހަމް ”ކުއްލި ގޮތަކަށް“ މަރުވެއްޖެ

ޣައްޒާ ބިމާ ހަމަކޮށްލަން ގޮވާލި ހަރުކަށި ނަޞާރާ ފިކުރުގެ އެއް ބާނީ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރޭހަމް ”ކުއްލި ގޮތަކަށް“ މަރުވެއްޖެ

ޔަހޫދީ އަދި ނަޞާރާ ހަރުކަށި ފިކުރު ބޮޑުން: ބޮޑުވަޒީރު ނަތަންޔާހޫ، އެމެރިކާގެ ސެނެޓަރ ލިންޑްސީ ގްރޭހަމްއާއެކު. (ޖީޕީއޯ/ކޮބީ ގިޑިއޮން)

އެމެރިކާގެ ހަރުކަށި ނަޞާރާ ފިކުރު ސެނެޓަރު ލިންޑްސީ ގްރޭހަމް، ކުއްލި ގޮތަކަށް ބަލިވެ 71 އަހަރުގައި މަރުވެއްޖެއެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އިސްތިއުމާރީ އަދި ހަރުކަށި ފިޔަވަޅުތަކަށް ވަކާލާތުކުރި ގްރޭހަމްއަކީ، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ބޭނުންކުރުމަށް އަބަދުވެސް ބާރުއެޅި މީހެކެވެ.

Ad Image
Ads by

އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދުއަށް ފާޅުގައި ތާއީދުކުރުން

ގްރޭހަމްގެ ފަހު ދުވަސްވަރު ދައްކާފައިވާ ވާހަކަތަކުން، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އޮޕަރޭޝަންތަކާ މެދު އޭނާ ދެކޭ ގޮތް ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. އޭނާ ދެކޭ ގޮތުގައި، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނާއި ޖަޕާނު ފުނޑުފުނޑުކޮށްލި ފަދައިން، އިޒްރޭލުން ވެސް ޣައްޒާ ބިމާ ހަމަކޮށްލަން ޖެހެއެވެ. އޭނާ ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ އިޒްރޭލުގެ ދިފާޢުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އަސްކަރީ ކާމިޔާބީއަކާ ނުލައި ހައްދުފަހަނަޅާފައިވާ ފިކުރުތައް ބަލިނުކުރެވޭނެ ކަމަށް ބުނެފައެވެ.

އޭނާގެ ވާހަކަތަކުގައި، 7 އޮކްޓޫބަރުގައި ޙަމާސްއިން ދިން ޙަމަލާއަކީ ޔަހޫދީންނަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި، އެއީ ސަޢޫދީ ޢަރަބިއްޔާއާއި އިޒްރޭލާ ދެމެދު ކުރިއަށްދިޔަ ސުލްޙައިގެ މަޝްވަރާތައް ރޫޅާލުމަށް ދިން ޙަމަލާއެއް ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.

އިސްލާމްދީނާ މުސްލިމުންނާ ދެކޮޅަށް މުޅި ޙަޔާތް

ސިޔާސީ ހަޔާތުގައި، އިސްލާމްދީނާ ދެކޮޅަށް ހަރުކަށި ވާހަކަތައް ދައްކައި، މުސްލިމް ޤައުމުތަކުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވައި އަސްކަރީ ޙަމަލާތައް ދިނުމަށް ގޮވާލުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވެއެވެ. ޚާއްޞަކޮށް، ޢަރަބި ޤައުމުތަކުގައި އެމެރިކާގެ ނުފޫޒާ ދެކޮޅަށް ވަކާލާތުކުރާ ޙަމާސް ފަދަ ޖަމާޢަތްތަކާ ދެކޮޅަށް އޭނާ ދައްކާފައިވާ ހަރުކަށި ވާހަކަތަކަކީ ބައިނަލްއަޤުވާމީ މަސްރަހުގައި ފާހަގަކޮށްލެވޭ ކަންކަމެވެ.

މިއާއެކުވެސް ގްރޭހަމްގެ ނަޒަރުގައި ޢަރަބި ޤައުމުތަކުގެ ވެރީންނަކީ އެމެރިކާގެ އެންމެ ގާތް ބައިވެރީންނެވެ. އޭނާ ދެކޭ ގޮތުގައި ”ހަރުކަށި ފިކުރާއި ޓެރަރިޒަމާ“ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއަށް އެންމެ ބޮޑަށް ވާގިވެރިވާ ބަޔަކީ އެ ވެރީންނެވެ. އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންގެ ވިސްނުން ހުންނަނީ ވެސް ހަމަ މިގޮތަށް ކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި