Wednesday, 9 September 2026
Ads by

31 ކައުންސިލަކަށް އެސްޖީން ހޯދަން މިއަދު އިއުލާންކޮށްފި

31 ކައުންސިލަކަށް އެސްޖީން ހޯދަން މިއަދު އިއުލާންކޮށްފި

ފޮޓޯ: މީސް މީޑިޔާ

31 ރަށެއްގެ ކައުންސިލަށް ހޯދަން ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާންކޮށްފިއެވެ.

Ad Image
Ads by

(އިިއުލާން)ގައިވާ ގޮތުން ވަކި ވަކިން، ކޮންމެ ކައުންސިލަކަށް ބޭނުންވަނީ އެންމެ އެސްޖީއެކެވެ.

އެސްޖީން އައްޔަން ކުރެވެނީ ފަސް އަހަރުގެ މުއްދަަތަށެވެ. މުސާރައިގެ އިތުރަށް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ) ލިބޭނެއެވެ. އެހެނިހެން އިނާޔަތުގެ ގޮތުގައި ސީއެސްސީގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

ރަށު ކައުންސިލު އިދާރާތަކުގެ އެސްޖީ ދެ ދަރަޖައަކަށް ބެހޭއިރު އެއް ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6800 ރުފިޔާ ލިބޭނެއެވެ. ދެވަނަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 8835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6450 ރުފިޔާ ލިބޭނެއެވެ.

އެސްޖީ ހޯދަމުން ދަނީ:

  • ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ – ހއ. ވަށަފަރު
  • ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ – ހއ. މުރައިދޫ
  • މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ – ށ. ފޭދޫ
  • މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ – ށ. މަރޮށި
  • މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ – ށ. ފީވަށް
  • މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ – ރ. ވާދޫ
  • މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ – ރ. މަޑުއްވަރީ
  • މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ – ރ. ރަސްމާދޫ
  • މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ – ރ. އިންނަމާދޫ
  • މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ – ބ. ކިހާދޫ
  • މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ – ބ. ފުޅަދޫ
  • މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ – ބ. ފެހެންދޫ
  • މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ – ބ. ހިތާދޫ
  • މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ – ކ. ތުލުސްދޫ
  • އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ – އއ. ތޮއްޑޫ
  • އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ – އއ. މާޅޮސް
  • އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލް/ އދ. ދިއްދޫ
  • އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ – އދ. ހަންޏާމީދޫ
  • ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ – ވ. ތިނަދޫ
  • ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ – ވ. ފުލިދޫ
  • ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ – ވ. ފެލިދޫ
  • ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ – ވ. ރަކީދޫ
  • މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ – މ. މަޑުއްވަރީ
  • ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ – ފ. ދަރަނބޫދޫ
  • ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ – ދ. ރިނބުދޫ
  • ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ – ދ. ކުޑަހުވަދޫ
  • ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ – ދ. މާއެނބޫދޫ
  • ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ – ތ. ގާދިއްފުށީ
  • ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ – ތ. ތިމަރަފުށި
  • ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ – ގއ. ކޮލަމާފުށި
  • ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ – ގއ. ދެއްވަދޫ

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ އަންނަ މޭ މަހުގެ 05 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ސީއެސްސީގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަންނާނެއެވެ.

އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަންނާނެ ކަމަށް އިއުލާނުގައިވެެވެ

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި