Sunday, 26 July 2026
Ads by

ބީއެމްއެލްއިން 2 އަހަރާއި ބައިގެ ތެރޭގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ބީއެމްއެލްއިން 2 އަހަރާއި ބައިގެ ތެރޭގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ބީއެމްއެލްގެ މައި އިދާރާ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރެކޯޑް އަދަދަކަށް ބޭރު ފައިސާ ވިއްކާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.

Ad Image
Ads by

ބޭންކުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެ، ބޭންކުން ފޯރުކޮށްދިން ބޭރު ފައިސާގެ މިންވަރު ވަނީ އާދަޔާހިލާފަށް އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް ޖުމްލަ 1.7 ބިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތަ ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ކުރީގެ އެ މުއްދަތުގައި ބޭންކުން ވިއްކާފައިވަނީ 957 މިލިއަން ޑޮލަރެވެ.

ހަމައެހެންމެ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ބޭންކުން ވަނީ ވިއްކާފައެވެ. މިއީ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އެގޮތުން، 2021 ވަނަ އަހަރު ކާޑު މުއާމަލާތްތަކަށް މަހަކު އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 37.8 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ހަމައެއާއެކު، ޓީޓީ ފޮނުވުމަށް 2023 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 10.2 މިލިއަން ޑޮލަރު ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ 28 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާ ހޯދާ އާއިލާތަކަށް ބޭންކުން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު މަހަކަށް އެވްރެޖްކޮށް 2.9 މިލިއަން ޑޮލަރު ވިއްކާފައިވާއިރު 2024 ވަނަ އަހަރު މަހަކަށް އެވްރެޖްކޮށް ވިއްކާފައިވަނީ ހަތަރު މިލިއަން ޑޮލަރެވެ. އަދި މިދިޔަ 2025 ވަނަ އަހަރު މަހަކަށް އެވްރެޖްކޮށް ވިއްކާފައިވަނީ ފަސް މިލިއަން ޑޮލަރެވެ. މިއަހަރު މަހަކަށް އެވްރެޖްކޮށް ވިއްކާފައިވަނީ 5.8 މިލިއަން ޑޮލަރެވެ.

ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ވިއްކި ޑޮލަރުގެ މިންވަރު ވެސް ވަނީ 70 އިންސައްތަ އިތުރުވެފައެވެ. ޖަނަވަރީ 2021 އިން ޑިސެންބަރު 2023 އަށް 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އަށް ވަނީ 264 މިލިއަން ޑޮލަރު ވިއްކާފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް ދަތުރުވެރިންނަށް މަހަކު އެވްރެޖްކޮށް 8.5 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ.

ޖުމްލަ ގޮތެއްގައި ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު 21 މިލިއަން ޑޮލަރު ވިއްކިއިރު، 2026 ގެ ފުރަތަމަ ހަ މަސްދުވަހު މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އަރާފައެވެ.

މި ހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަމެވެ. ބޭރު ފައިސާއަށް އޮންނަ ޑިމާންޑް އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންދާއިރު، ކަސްޓަމަރުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި