Wednesday, 9 September 2026
Ads by

ޝިނާގެ މައްޗަށް ކުރި ހޯދާ، އުތުރުގެ އަންހެނުންގެ ރައީސް ކަމަށް ސަމާ!

ޝިނާގެ މައްޗަށް ކުރި ހޯދާ، އުތުރުގެ އަންހެނުންގެ ރައީސް ކަމަށް ސަމާ!

ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ގޮފީގެ ރައީސް ސަމާ ޚަލީލް---

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ގޮފީގެ ރައީސްކަން ސަމާ ޚަލީލް ކާމިޔާބުކޮށްފިއެވެ.

Ad Image
Ads by

މި އިންތިހާބުގައި ސަމާ ޚަލީލް ވާދަކޮށްފައިވަނީ ހުޅުމާލެ އުތުރު ދާއިރާ ތަމްސީލުކުރައްވާ މަޖިލިސް މެންބަރު ޙުސެން ޝަރީފްގެ އަނބިކަނބަލުން ޝިނާ ވަޖީހާއެވެ. ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ މި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ސަމާ ޚަލީލަށް ލިބިފައިވަނީ 108 ވޯޓެވެ. އޭނާއާ ވާދަކުރި ޝިނާ ވަޖީހަށް ލިބިފައިވަނީ 96 ވޯޓެވެ. މިއާއެކު ސަމާ މި ގޮނޑި ކާމިޔާބުކުރީ 12 ވޯޓުގެ ތަފާތުންނެވެ.

މި ނަތީޖާއާއެކު، މެންބަރު ޙުސެން ޝަރީފަށް ވަނީ ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ސަބަބަކީ އޭނާ އެންޑޯޒްކުރައްވައިގެން ނެރުއްވި ގިނަ ކެންޑިޑޭޓުންނަށް ކާމިޔާބީ ލިބިފައިނުވުމުންނެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތާއި ވޯޓު ގުނުމުގެ މަރުހަލާގައި ހުޅުމާލެ އުތުރު އަދި ދެކުނު ދާއިރާގެ ވޯޓުލާ މަރުކަޒުތަކުގައި ބައެއް ހަމަނުޖެހުންތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، މެންބަރު ޙުސެންގެ ޓީމަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން އުފައްދައި، މާރާމާރީ ހިންގާފައެވެ.

މިއާއެކު މެންބަރު ޙުސެން ޝަރީފަކީ ޕާޓީގެ އެތެރޭގައި ފިތުނަ އުފައްދައި، ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި ވަނީ ޕާޓީގެ އާންމު މެންބަރު މިހާރު އަންނަނީ ސިފަކުރަމުންނެވެ. މި އިންތިހާބުގެ ނަތީޖާއިން ދޭހަވަނީ ޕާޓީގެ އާންމު މެންބަރުން ވަނީ އެފަދަ ކަންކަމާ ދެކޮޅުކަން ހާމަކޮށްފައެވެ.

މި އިންތިހާބަކަށްފަހު ޕީއެންސީގެ އެތެރޭގެ ހާލަތު ހަމައަކަށް އެޅުވި ދާއިރާތަކުގެ ރައްޔިތުންނާއެކު މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރެވިގެންދާނެ ކަމަށް އިންތިހާބު ކާމިޔަބުކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި