Sunday, 26 July 2026
Ads by

ޕީއެންސީ އެތެރޭގެ އިންތިޚާބު: މެންބަރު ހުސެން ޝަރީފްގެ ދަރިފުޅު ހުޅުމާލޭގައި މާރާމާރީ ހިންގި މައްސަލަ ބަލަނީ

ޕީއެންސީ އެތެރޭގެ އިންތިޚާބު: މެންބަރު ހުސެން ޝަރީފްގެ ދަރިފުޅު ހުޅުމާލޭގައި މާރާމާރީ ހިންގި މައްސަލަ ބަލަނީ

ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ހުޅުމާލޭގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، ދައުލަތުގެ މުދަލަށް ގެއްލުންދީ މީހުންނަށް އަނިޔާކޮށްފިއެވެ.

Ad Image
Ads by

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި މި ހަމަނުޖެހުމުގައި އިސްކޮށް އުޅުނީ ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފްގެ ދަރިފުޅު ސާޖިދު އާއި އޭނާގެ ޓީމުންނެވެ.

ފުލުހުން ބުނި ގޮތުގައި، 2026 ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލްދީދީ ޕްރީ ސްކޫލުގައި ޕީއެންސީގެ އެތެރޭގެ އިންތހާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް، ބަޔަކު ވަނީ އެތަނަށް ވަދެގަނެ ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައެވެ.

އެންމެ ފުރަތަމަ މި ހަމަނުޖެހުންތައް ފެށުނީ ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށި ގުނަމުން ދިޔަ ވަގުތުއެވެ. އެ ދާއިރާގެ ނައިބު ރައީސް ހޮވުމަށް ބޭއްވި ވޯޓުގެ ނަތީޖާއިން މެންބަރު ހުސައިންގެ ކެންޑިޑޭޓް ޝަޔާން ބަލިވާން ފެށުމުން، ދެ ފަހަރެއްގެ މަތިން ވޯޓު ގުނުން ހުއްޓުވައި މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބެއެވެ. ޕީއެންސީގެ އިންތިޚާބީ ކޮމިޓީން އަލުން ވޯޓު ގުނުމަށްފަހު، އެ ގޮނޑި ކާމިޔާބު ކުރީ މަރްޔަމް ޝިއުނާ އެވެ. ޝިއުނާ އަށް 89 ވޯޓު ލިބުނުއިރު، ޝަޔާން އަށް ލިބުނީ 84 ވޯޓެވެ. ޝަޔާންގެ ޓީމުން ހަމަނުޖެހުން ހިންގާ ބިރުވެރިކަން އުފެއްދުމާއެކު، ބާތިލް ވޯޓުތަކެއް ހިމަނައިގެން ގުނުމުންވެސް 5 ވޯޓުގެ ފަރަގަކުން އޭނާ ވަނީ ނާކާމިޔާބުވެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހިފައެވެ.

ދެކުނު ފޮށީގެ ނަތީޖާއަށްފަހު، ހުސައިންގެ ޓީމުން ވަނީ އުތުރު ދާއިރާގެ ވޯޓު ގުނަމުންދިޔަ ކާމިލްދީދީ ސްކޫލަށް ގޮސްފައެވެ. އެތަނުގައި ހަމަނުޖެހުން ހިންގީ މެންބަރު ހުސައިންގެ އަނބިކަނބަލުން ޝިނާ ބަލިވެ، މަލްޝާ އިންތިޚާބު ކާމިޔާބު ކޮށްފާނެ ކަމަށް ލަފާކުރެވުމާ އެކުގައެވެ. މެންބަރު ހުސައިންގެ ދަރިފުޅު ސާޖިދު އާއި ޝަޔާން އިތުރު ބަޔަކާއެކު ސްކޫލަށް ވަދެ، ވޯޓު ފޮށި ފަޅާލަން މަސައްކަތްކޮށް، ސްކޫލުގެ ދޮރުތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

މި ހަމަނުޖެހުމުގައި އެތަނުގައި ތިބި ޕީއެންސީގެ އެތައް ޒުވާނުންނަކަށާއި، ޑިއުޓީގައި ހުރި ފުލުހަކަށްވެސް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން، މަޖިލިސް މެންބަރު ޝަޒީމް އާއި އިންތިޚާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންނަށްވެސް ވަނީ ޖިސްމާނީ އަނިޔާތައް ދީފައެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ހަމަނުޖެހުން ހިންގި ސާޖިދު އާއި އޭނާގެ ބައިވެރިން މިހާތަނަށް ހައްޔަރުކޮށްފައި ނުވާތީ، ފުލުހުން މެންބަރުގެ މަސްލަހަތު ހިމާޔަތް ކުރަނީ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

މި މައްސަލައާ ގުޅިގެން ޕީއެންސީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި