Wednesday, 9 September 2026
Ads by

މެންބަރު ޙުސައިން ޝަރީފްގެ ޓީމް ބަލިކޮށް ޝިއުނާ އާއި މަލްޝާއަށް އިންތިހާބުން ބޮޑު ކާމިޔާބީއެއް!

މެންބަރު ޙުސައިން ޝަރީފްގެ ޓީމް ބަލިކޮށް ޝިއުނާ އާއި މަލްޝާއަށް އިންތިހާބުން ބޮޑު ކާމިޔާބީއެއް!

ހުޅުމާލެ ދެކުނު އަދި ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސް ކަމަށް ވާދަކުރި ޝިއުނާ އަދި މަލްޝާ---

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގައި، އެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ މަރްޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

Ad Image
Ads by

މި ދެ ކެންޑިޑޭޓުން ވާދަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޙުސައިން ޝަރީފް އެންޑޯޒްކުރައްވައިގެން ނެރުއްވި ކެންޑިޑޭޓުންނާއެވެ. ނަމަވެސް އޭނާ އެންޑޯޒްކުރައްވައިގެން ނެރުއްވި ގިނަ ކެންޑިޑޭޓުންނަށް މި އިންތިހާބުގައި ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

މި އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް ކަމަށް ވާދަކުރި މަރްޔަމް ޝިއުނާ ވަނީ 89 ވޯޓު ހޯދާފައެވެ. އޭނާއާ ވާދަކުރި ކެންޑިޑޭޓް ޢަބްދުﷲ ޝާޔާން ޝާހިދަށް ލިބިފައިވަނީ 84 ވޯޓެވެ. ހަމައެހެންމެ، ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސް ކަމަށް ވާދަކުރި މަލްޝާ ޝަރީފް ވަނީ 116 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައެވެ. މަލްޝާއާ ވާދަކުރި އިރުޝާދު ޒާހިރަށް ލިބިފައިވަނީ 90 ވޯޓެވެ.

މި ނަތީޖާއާއެކު، ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ޝަރީފަށް ވަނީ ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ސަބަބަކީ އޭނާ އެންޑޯޒްކުރައްވައިގެން ނެރުއްވި ކެންޑިޑޭޓުން މި އިންތިހާބުގައި ބޮޑުތަނުން ބަލިވެފައިވުމެވެ. ވަކިން ހާއްސަކޮށް މެންބަރު ޙުސައިން ޝަރީފްގެ އަނބިކަނބަލުން ޝިނާ ވެސް ވަނީ މި އިންތިހާބުގައި ބޮޑުތަނުން ބަލިވެފައެވެ.

އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދިޔަ ވަގުތު ހުޅުމާލެ ދެކުނާއި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓުލާ މަރުކަޒުތަކުގައި މެންބަރު ޙުސައިންގެ ޓީމުން ހަމަނުޖެހުންތައް ވެސް ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ޓީމުގެ ބަޔަކު ވަނީ އެ ސަރަހައްދުތަކުގައި ހަމަނުޖެހުން އުފައްދައި، މާރާމާރީ ހިންގައި ފުލުހުންނާ ކުރިމަތިލާފައެވެ.

ޖުމްލަ 2،086 މަގާމަށް މީހުން އިންތިހާބުކުރުމަށް ބޭއްވި މި އިންތިހާބަކީ ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށްދިޔަ އިންތިހާބެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 131 ރަށެއްގައި ކުރިއަށްދިޔަ މި އިންތިހާބުގައި، އިންތިހާބުކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ކެންޑިޑޭޓުން ވާދަކޮށްފައިވާކަން ޕާޓީން ވަނީ ހާމަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި