Sunday, 26 July 2026
Ads by

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި 33،000 މީހުން ވޯޓުލާފައިވޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި 33،000 މީހުން ވޯޓުލާފައިވޭ: ޢަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ---

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބުގައި 33،000 އެއްހާ މީހުން ވޯޓުލާފައިވާކަމަށް އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 40،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރެއިން 85 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށެވެ.

”ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ގާތްގަނޑަކަށް 85 ޕަސެންޓު މިވަނީ ވޯޓުލާފައި. އެއީ ގާތްގަނޑަކަށް 32،000 އާއި 33،000 އާ ދެމެދުގެ އަދަދެއް. ފައިނަލް އަދަދު ސާފުވާނީ ވޯޓުގެ ރަސްމީ ނަތީޖާ ލިބުމުން،“ – ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ 131 ރަށެއްގައި ވޯޓުލުން ކުރިއަށްދިޔަ މި އިންތިހާބުގައި އެކި މަގާމުތަކަށް 2،500 އެއްހާ ކެނޑިޑޭޓުން ވާދަކުރިއެވެ. ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނުކުތުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ހާމަވާ ކަމެކެވެ.

”މިފަދަ އިންތިހާބެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ވާދަކޮށް، މިހާ ގިނަ ބަޔަކު ވޯޓުލުމަކީ ޕީއެންސީއަށް ރައްޔިތުންގެ މެދުގައި އޮތް ބޮޑު ތާއީދު ފެނިގެންދާ ކަމެއް. ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ނަމަ، ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި 2،000 އަށްވުރެ ގިނަ މީހުން ވާދައެއް ނުކުރާނެ،“ – އޭނާ ވިދާޅުވިއެވެ.

އިންތިހާބުގެ ކަންކަން އެއްވެސް ހަމަނުޖެހުމެއް ނެތި، އަމާންކަމާއެކު ނިންމާލެވުމަކީ ޕީއެންސީއަކީ ސުލްހަވެރިކަމަށް ލޯބިކުރާ މަސްލަހަތު އިސްކުރާ ޕާޓީއެއްކަން ސާބިތުކޮށްދިން ކަމެއްގެ ގޮތުގައި ޢަބްދުއްރަޙީމް ސިފަކުރެއްވިއެވެ. އަދި އިންތިހާބުގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ޕާޓީގެ މެންބަރުންނާއި ކެނޑިޑޭޓުން ދެއްވި އެއްބާރުލުމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި