Sunday, 26 July 2026
Ads by

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ--- ފޮޓޯ: އެކި އެމްވީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު މިއަދު ހަވީރު 17:00 އާ ހަމައަށް އިތުރުކޮށްފިއެވެ.

Ad Image
Ads by

މި އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ. ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި، މި އިންތިހާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއް ހިމެނޭހެން ޖުމްލަ 131 ރަށު ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. ހަމައެހެންމެ، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާ މެންބަރަކު ނެތް ދާއިރާތަކުގައެވެ. ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މަގާމު އިއްތިފާގުން ލިބިވަޑައިގަންނަވާނީ އެ ދާއިރާއެއް ތަމްސީލުކުރައްވާ މަޖިލިސް މެންބަރަށެވެ.

ދާއިރާތަކުގެ ރައީސުންގެ އިތުރުން، ދާއިރާތަކުގެ ނައިބު ރައީސުންނާއި، އަންހެނުންގެ ގޮފި އަދި ޒުވާނުންގެ ގޮފީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިހާބަށްފަހު އެ ޕާޓީގެ އިންތިހާބީ އެކި އެކި މަގާމުތަކުގައި 2,500 އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި