Sunday, 26 July 2026
Ads by

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މަރުކަޒީ ބޭންކް އެމްއެމްއޭ--- ފޮޓޯ: އެކި އެމްވީ

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަތީ ތައުލީމުގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީން އިތުރުކޮށްފިއެވެ.

Ad Image
Ads by

ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ މަގްސަދުގައި ހުޅުވާލާފައިވާ މި ފުރުސަތުތަކަކީ ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކަށް އަމާޒުކޮށް އާންމުކޮށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބެޗްލަރސް އޮފް އެކައުންޓިންގ: ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ
  • މާސްޓަރސް އޮފް ލޯސް އަދި އިކޮނޮމިކްސް: އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ
  • ޕީއެޗްޑީ (އިސްލާމިކް ފައިނޭންސް އަދި އެޕްލައިޑް މުއާމަލާތު ދާއިރާއިން): އިންސިފް ޔުނިވަރސިޓީ

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ކިޔެވުމުގެ ހުރިހާ ހަރަދެއް އެ އޮތޯރިޓީން ހަމަޖައްސައިދޭނެއެވެ. މީގެ ތެރޭގައި ޓިއުޝަން ފީއާއި ޔުނިވަރސިޓީގެ އެހެނިހެން ފީތަކުގެ އިތުރުން، ދިރިއުޅުމުގެ ހަރަދާއި، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް އަދި ޑިޕާޗަރ އެލަވަންސް ހިމެނެއެވެ. އަދި ވިސާގެ ހަރަދާއި ހެލްތު އިންޝުއަރެންސްވެސް މި ސްކޮލަރޝިޕްގެ ދަށުން ފޯރުކޮށްދޭނެއެވެ.

އެމްއެމްއޭއިން ވަނީ ޝަރުތު ހަމަވާ، ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ސްކޮލަރޝިޕަށް ކުރިމަތިލުމަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި