Sunday, 26 July 2026
Ads by

މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ގޯލާއެކު ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީ ފައިނަލަށް!

މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ގޯލާއެކު ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީ ފައިނަލަށް!

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު ފޯރިގަދަ މެޗު 2-1 ގެ ނަތީޖާއަކުން ބެލްޖިއަމްގެ މައްޗަށް ކުރިހޯދައި، ސްޕެއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Ad Image
Ads by

މި މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންއަށް ކުރިހޯދައިދިނީ ފަބިއަން ރޫއިޒްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ މެޗުގެ 30 ވަނަ މިނެޓުގައި ބެލްޖިއަމްގެ ކީޕަރު ކޯޓުއާ އަތުން ކަސިޔާވި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޗާލްސް ޑެ ކެޓެލެއާ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ މި މުބާރާތުގައި ސްޕެއިން ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ބެލްޖިއަމްގެ ތަޖުރިބާކާރު ކީޕަރު ތިބައު ކޯޓުއާ އަށް އަނިޔާވެގެން ބޭލުމަކީ އެ ޓީމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ސެން ލަމެންސްއެވެ. މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ 88 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް މެރީނޯ ވަނީ، ލަމެންސް އަތުން ސަލާމަތްވި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ސްޕެއިން މޮޅުކޮށްދީފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނީ، މިއީ ޓީމުގެ ވަރުގަދަ އަޒުމް ފެނިގެންދިޔަ މެޗެއް ކަމަށާއި، ފްރާންސް ބަލިކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޒުވާން ތަރި ލަމީން ޔަމާލްއެވެ.

ސްޕެއިން މިހާރު ވަނީ ބަލިނުވެ 36 މެޗު ހަމަކޮށް، އެ ގައުމުގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ބަލިނުވެ އޮތް ރެކޯޑު އައުކޮށްފައެވެ. މިއީ 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ސްޕެއިން ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު ސްޕެއިން ސެމީ ފައިނަލުގައި ބައްދަލުކުރާނީ ފްރާންސްއާއެވެ. މި ފޯރިގަދަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު (14 ޖުލައި) އެމެރިކާގެ ޑަލަސްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި