Saturday, 24 October 2026
Ads by

ޝިއުނާ އަދި މަލްޝާގެ ޓީމުން ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް!

ޝިއުނާ އަދި މަލްޝާގެ ޓީމުން ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް!

މާދަމާ ބާއްވާ، ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާ އަދި ދެކުނު ދާއިރާއަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މަލްޝާ ޝަރީފް (މަލް) އާއި މަރިޔަމް ޝިއުނާ (ނަންނަ)ގެ ޓީމުން އިސް ނަގައިގެން ކެމްޕެއިން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

Ad Image
Ads by

މިއަދު ހަވީރު 4:00 ގައި ސައިކަލު ބުރު ފެށީ ހުޅުމާލޭ ފިތުރޯނު މަގު، އެމްޓީސީސީ ފެރީ ޓާމިނަލް ކުރިމަތިންނެވެ. އެ ސައިކަލުބުރުގައި ހުޅުމާލެ އުތުރާއި ދެކުނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެ އެ ދެ ޓީމަށް އޮތް ތާއީދު ދައްކުވައިދީފައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަރްޔަމް ޝިއުނާ ވާދަކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށެވެ. އަދި މަލްޝާ ޝަރީފް ވާދަކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށެވެ. މި ދެ ކެންޑިޑޭޓުންނަކީ ވެސް ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައާއި، ޕާޓީގެ އަސާސްތައް ދަމަހައްޓައި ޕާޓީގެ ރޫހު ކުރިއެރުވުމުގައި ނަމޫނާ ދައްކަމުންދާ ދެ ކެންޑިޑޭޓުންކަން ފާހަގަކޮށްލަންޖެހެއެވެ.

މަލްޝާގެ ޓީމް

  • ދާއިރާގެ އަންހެނުންގެ ރައީސް، ސަމާ ހަލީލު
  • ދާއިރާގެ ނައިބު ރައީސް، މަލްޝާ ޝަރީފް
  • ޒުވާނުންގެ ރައީސް، އިސްމާއިލް ޢަޒްމީ
  • ސްޓްއަރިން ކޮމިޓީގެ ރައީސް – އަބްދުﷲ އަމްޒަލް ރަޝީދު
  • ސްޓްއަރިން ކޮމިޓީގެ މެންބަރު، އައިޝަތު ރާނީ
  • ސްޓްއަރިން ކޮމިޓީގެ މެންބަރު، ޒައިތޫނާ އަލީ
  • ސްޓްއަރިން ކޮމިޓީގެ މެންބަރު، ރަޒީނާ އަލީ
  • ސްޓްއަރިން ކޮމިޓީގެ މެންބަރު، ހަދީޖާ ހުސައިން
  • ސްޓްއަރިން ކޮމިޓީގެ ޒުވާން މެންބަރު، މާއިޒް މަހްމޫދު ރަޝީދު

ޝިއުނާގެ ޓީމް

  • ދާއިރާގެ ރައީސް، އަޙުމަދު ރިފްޢަތު
  • ޒުވާނުންގެ ރައީސް އަހުމީޒު ސައީދު
  • ދާއިރާގެ އަންހެނުންގެ ރައީސް، އައިޝަތު ހަފީޒާ
  • ދާއިރާގެ ނައިބު ރައީސް، މަރްޔަމް ޝިއުނާ
  • ޒުވާނުންގެ މެންބަރު ފާތިމަތު ލައުޒާ
  • ސްޓިއަރިން ކޮމިޓީގެ މެންބަރު އާމިނަތު ޝަކީބާ
  • ސްޓިއަރިން ކޮމިޓީގެ އަންހެން މެންބަރު ފާތިމަތު ޝަހުލާ
  • ސްޓިއަރިން ކޮމިޓީގެ މެންބަރު އަލީ ފާއިޒު
  • ސްޓިއަރިން ކޮމިޓީގެ މެންބަރު އަބްދުﷲ ޝަމްއޫން
  • ސްޓިއަރިން ކޮމިޓީގެ މެންބަރު މުހައްމަދު ޝުހައިލް
  • ސްޓިއަރިން ކޮމިޓީގެ މެންބަރު ހަސަން ހަލީލް

ޝިއުނާ އަދި މަލްޝާގެ ޓީމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާ ގިނަ މެންބަރުންވެސް ވަނީ ތާއީދުކުރައްވައިފައެވެ.

ކެމްޕޭނުގެ ހަރަކާތްތައް ނިންމާލުމަށްފަހު، ދެން އޮތީ އިންތިހާބުގެ އެންމެ މުހިންމު މަރުހަލާ ކަމަށްވާ ވޯޓުލުމުގެ ކަންކަމެވެ. އެގޮތުން މާދަމާ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރެހެންދި ސްކޫލުގައެވެ. އަދި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކާމިލްދީދީ ޕްރީ ސްކޫލުގައެވެ.

ޝިއުނާ އާއި މަލްޝާ ވަނީ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް އިންތިހާބުގައި ވޯޓުލުމަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި