Sunday, 26 July 2026
Ads by

މޮރޮކޯ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް!

މޮރޮކޯ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް!

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ފޯރިގަދަ މެޗުން މޮރޮކޯގެ މައްޗަށް 2-0 އިން ކުރިހޯދައި، މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

Ad Image
Ads by

އެމެރިކާގެ މެސެޗޫސެޓްސްގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު އިރު، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށް ކުރު ފުރުސަތެއްގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. ފްރާންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން އެމްބާޕޭ އާއި އޮސްމާން ޑެމްބެލޭއެވެ.

މި ނަތީޖާއާއެކު ފްރާންސް މިވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ނަމަވެސް، މި އަހަރުގެ މުބާރާތުގައި ފްރާންސް ފެންނަނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައެވެ.

މޮރޮކޯއަކީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާގެ ގައުމެވެ. އެ ފަހަރުވެސް މޮރޮކޯ ބަލިވީ ފްރާންސް އަތުންނެވެ. މި އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ހަމައެކަނި އެފްރިކާގެ ގައުމަކީ ވެސް މޮރޮކޯއެވެ.

މެޗުގެ ފަހު ފަނަރަ މިނެޓަށް ވެފައި ވަނިކޮށް ފްރާންސްގެ ސަޕޯޓަރުންނަށް ކަންބޮޑުވުމެއް ކުރިމަތިވީ، އެމްބާޕޭގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުމުންނެވެ. އޭނާ ބަދަލުކުރި އިރު ފައިގައި އައިސްޕެކް އަޅާފައި ހުއްޓެވެ.

މި މެޗުން ބަލިވުމާއެކު، މިއަހަރުގެ ވޯލްޑް ކަޕްގައި ބާކީ އޮތް އެފްރިކާގެ ހަމައެކަނި ޓީމު ކަމަށްވާ މޮރޮކޯއަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. ކުއާޓާ ފައިނަލްގެ ބާކީ ހުރި މެޗުތަކަށް ބަލާއިރު، މުބާރާތުގައި މިހާރު ގިނައީ ވިލާތުގެ ގައުމުތަކެވެ.

މިމެޗު ބަލަން ވަން މޮރޮކޯގެ ސަޕޯޓަރުންގެ ތެރެއިން ގިނަ އަދަދެއްގެ ފަލަސްތީނު ދިދަ އާއި ކެފިޔާ ފެނިގެންދިޔަކަން ފާހަގަކުރެވެއެވެ. އަރަބި ގައުމުތަކުގެ ސަޕޯޓަރުން އަންނަނީ މުބާރާތުގެ ފެށުނީއްސުރެ ފަލަސްތީނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ފަލަސްތީނުގެ ދިދަ ބޭނުންކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި