Wednesday, 9 September 2026
Ads by

ހުޅުމާލެ ދެކުނު އަދި އުތުރު ދާއިރާ ގުޅިގެން ބޭއްވި ކެމްޕޭނު ހަރަކާތަށް ބޮޑު ތަރުހީބެއް!

ހުޅުމާލެ ދެކުނު އަދި އުތުރު ދާއިރާ ގުޅިގެން ބޭއްވި ކެމްޕޭނު ހަރަކާތަށް ބޮޑު ތަރުހީބެއް!

ހުޅުމާލެ ދެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން--- ފޮޓޯ: އެކި އެމްވީ

ކުރިއަށް އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، ހުޅުމާލެ ދެކުނު ދާއިރާއާއި އުތުރު ދާއިރާ ގުޅިގެން މިރޭ ބޭއްވި ފޯރިގަދަ ކެމްޕޭނު ހަރަކާތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Ad Image
Ads by

ހުޅުމާލޭ ޗެނަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންނާއި، ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިކުރުމަށް ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ. މި ހަރަކާތުގައި ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި ސަޕޯޓަރުން ބައިވެރިވެ، ބޮޑު ތަރުހީބެއް ވަނީ ދީފައެވެ.

މި ކެމްޕޭނު ހަރަކާތަކީ ޕީއެންސީ، ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ދެ އެކްޓިވިސްޓުން ކަމަށްވާ މަރްޔަމް ޝިއުނާ (ނަންނަ) އާއި މަލްޝާ ޝަރީފް (މަލް) ގެ ކެމްޕޭނު ޓީމުތަކުން އިސްނަގައިގެން ބޭއްވި ޙަރަކާތެކެވެ. ނަންނަ އާއި މަލް ވާދަކުރަނީ ހުޅުމާލޭގެ ދެ ދާއިރާއެއްގެ ނައިބު ރައީސްކަމުގެ މަގާމަށެވެ.

އެގޮތުން ނަންނަ ވާދަކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށެވެ. އަދި މަލް ވާދަކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށެވެ. މި ދެ ކެންޑިޑޭޓުންނަކީ ވެސް ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައާއި، ޕާޓީގެ އަސާސްތައް ދަމަހައްޓައި ޕާޓީގެ ރޫހު ކުރިއެރުވުމުގައި ނަމޫނާ ދައްކަމުންދާ ދެ ކެންޑިޑޭޓުންކަން ފާހަގަކޮށްލަންޖެހެއެވެ.

މި ކާމިޔާބު ހަރަކާތަށްފަހު، ކެމްޕޭނުގެ ހަރަކާތްތައް ރަސްމީކޮށް ނިންމާލުމުގެ ގޮތުން މާދަމާ ހަވީރު ހާއްސަ ސައިކަލު ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސައިކަލު ބުރުގައި ޕީއެންސީގެ އެންމެހާ މެންބަރުންނާއި ސަޕޯޓަރުން އަދި ވަކިން ހާއްސަކޮށް ހުޅުމާލޭގެ ހުރިހާ ރައްޔިތުން ބައިވެރިވުމަކީ ނަންނަ އާއި މަލްގެ ވަރަށް ބޮޑު އެދުމެކެވެ.

ކެމްޕޭނުގެ ހަރަކާތްތައް ނިންމާލުމަށްފަހު، ދެން އޮތީ އިންތިހާބުގެ އެންމެ މުހިންމު މަރުހަލާ ކަމަށްވާ ވޯޓުލުމުގެ ކަންކަމެވެ. އެގޮތުން މި މަހުގެ 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރެހެންދި ސްކޫލުގައެވެ. އަދި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކާމިލްދީދީ ޕްރީ ސްކޫލުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި