މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުންދިޔަ ”ޖަޒީރާ“ ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 15:26 އެހާކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ހުރިހާ މީހުން ވަނީ ލޯންޗަކަށް ނަގައި ސަލާމަތްކޮށްފައެވެ.
މި ބޯޓުން ދަތުރުކުރި މީހުން ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ ވ. ފުލިދޫއަށް ގެންގޮސްފައެވެ. ބޯޓުން ދަތުރުކުރީ ޖުމްލަ ހަތް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހި ފިރިހެނުންނާއި ހަތަރު ބިދޭސީ ފިރިހެނުންނެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަޑިއަށް ދިޔަ ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ. ބޯޓު އަޑިއަށް ދާން މެދުވެރިވި ސަބަބެއް މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.












