Saturday, 24 October 2026
Ads by

”ހިސާބު އިލްމު ހަރުދަނާކުރުމަކީ ގައުމުގެ ވިލުންތެރިކަމާއި، ފާގަތިކަމާއި، ކުރިމަގަށް ކުރެވޭ ވުނަކުރުމެއް“

”ހިސާބު އިލްމު ހަރުދަނާކުރުމަކީ ގައުމުގެ ވިލުންތެރިކަމާއި، ފާގަތިކަމާއި، ކުރިމަގަށް ކުރެވޭ ވުނަކުރުމެއް“

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހިސާބު އިލްމު ކުރިއެރުވުމަކީ ހަމައެކަނި ތައުލީމީ ލަނޑުދަނޑިއެއް ހާސިލުކުރުން ނޫންކަމަށާއި، އެއީ ދިވެހިރާއްޖޭގެ މުސްތަގްބަލުގެ ވިލުންތެރިކަމާއި، ފާގަތިކަމާއި، ކުރިއެރުމަށްޓަކައި ކުރެވޭ މުހިންމު ވުނަކުރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ، ހިސާބު އިލްމު އުނގަންނައިދިނުމުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ބޭނުންކުރުމާ ބެހޭގޮތުން ލިޔެފައިވާ ”މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް – އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން“ ފޮތް އިފްތިތާހްކޮށްދެއްވައި، ރަސްމިއްޔާތުގެ ބައިވެރިންނާ މުހާބުބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ހިސާބަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަން މި ފޮތުން ސާބިތުކޮށްދޭ ކަމަށާއި، ހިސާބު އިލްމުގެ ހަމަތަކާއި ވިސްނުމަކީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރޭގައި ޒަމާނުއްސުރެ ލާމެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ދަތުރުފަތުރުކުރުމުގެ ނިޔަމިކަމާއި، ވިޔުމުގެ މަސައްކަތްތަކާއި، ދަނޑުވެރިކަމުގެ އިތުރުން އިމާރާތްކުރުން ފަދަ ސަގާފީ މަސައްކަތްތަކުގައި ހިސާބު އިލްމުގެ ތަސައްވުރުތަކާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް އެކުލެވިގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިންގެ ސަގާފަތާއި އަމަލީ ތަޖުރިބާތަކާ ގުޅުވައިގެން ހިސާބު އިލްމު އުނގަންނައިދިނުމުން، ދަރިވަރުންނަށް އެއީ މާނަވީ، ޝައުގުވެރި އަދި ދިރިއުޅުމާ ގުޅުންހުރި ފިލާވަޅުތަކަކަށް ވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ތައުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމަކީ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ކިޔެވުމަށް ދޭ ޝައުގުވެރިކަން އިތުރުވެ، ހިސާބު އިލްމަށް ދޭ ލޯބި ފުންވެގެންދާނެ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ޖީލުން ޖީލަށް ވާރުތަވަމުން އައިސްފައިވާ ދިވެހިންގެ ސަގާފީ އިލްމުތައް މި ފޮތުގައި ލިޔެ ރައްކާކޮށްފައިވުމަކީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކޮށްދިން ވަރަށް އަގުހުރި ހިދުމަތެއްކަން ބަޔާންކުރެއްވިއެވެ. އަދި މިފަދަ އިލްމީ ތަރިކަ ހިމާޔަތްކުރުމަކީ ގައުމިއްޔަތު ވަރުގަދަކޮށްދިނުމުގެ އިތުރުން، ތައުލީމަށާއި، ދިރާސާއަށާއި، ގައުމީ ތަރައްގީއަށްވެސް ބާރުދޭ ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ހާއްސަކޮށް ޒުވާނުންގެ މެދުގައި ހިސާބު އިލްމަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވިދާޅުވީ، އީޖާދީ ކުރިއެރުންތަކަށާއި، ފަންނިއްޔާތު ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ހިސާބު އިލްމުގެ ހުނަރުތައް ކޮންމެހެން ބޭނުންތެރި ކަމަށެވެ. އަދި މި ފޮތުގެ ސަބަބުން ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށާއި، ދަރިވަރުންނަށް އަދި ދިރާސާކުރައްވާ ފަރާތްތަކަށް ދިވެހި މުޖުތަމައުތަކުގައި އެކުލެވޭ މުއްސަނދި އިލްމުތައް އިތުރަށް ހޯދައި ދިރާސާކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވި މި ފޮތަކީ، އެތުނޯމެތަމެޓިކްސްގެ ދާއިރާއިން ކުރެވޭ ދިރާސާތަކަށް ލިބުނު ކުރިއެރުމެއްގެ އިތުރުން، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އެހީގައި ހިސާބު އިލްމުގެ ތައުލީމާއި ކަރިކިއުލަމް އިތުރަށް މުއްސަނދިކުރެވޭނެ ގޮތްތައް ބަޔާންކޮށްދޭ މުހިންމު ފޮތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ