Sunday, 26 July 2026
Ads by

ފީފާ ކޮރަޕްޝަން: މިޞްރު މެޗުގެ ބޭއިންސާފާއި، އެމެރިކާގެ ނުފޫޒުން ފަށައިގެން ފަލަސްޠީނާ ޔޫކްރޭނު ހަނގުރާމަ ތަފާތުކުރުމާއި، އެލްޖީބީޓީ ފަދަ ލާދީނީ ފިކުރުތައް ފެތުރުން

ފީފާ ކޮރަޕްޝަން: މިޞްރު މެޗުގެ ބޭއިންސާފާއި، އެމެރިކާގެ ނުފޫޒުން ފަށައިގެން ފަލަސްޠީނާ ޔޫކްރޭނު ހަނގުރާމަ ތަފާތުކުރުމާއި، އެލްޖީބީޓީ ފަދަ ލާދީނީ ފިކުރުތައް ފެތުރުން

(އެކިއެމްވީ ފޮޓޯ ކޮލާޖު)

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުތަކާ ދިމާކޮށް، ފީފާގެ އެތެރޭގައި ހިންގާފައިވާ ބޮޑެތި އޮޅުވާލުންތަކާއި ސިޔާސީ ނުފޫޒުގެ މައްސަލަތައް ފަޅާއަރައި، މުޅި ދުނިޔޭގައި ބޮޑު ހޫނުގަނޑެއް އުފެދިއްޖެއެވެ.

Ad Image
Ads by

މެޗުގެ ނަތީޖާ ގަސްތުގައި ބަދަލުކުރިކަމުގެ ތުހުމަތު މިޞްރުގެ ކޯޗު ފީފާއަށް ކުރިއިރު، އެމެރިކާގެ ރައީސްގެ ބިރުދެއްކުމަށް ފީފާއިން ދީލާލި މައްސަލާގައި ޔޫރަޕްގެ ފުޓުބޯޅަ އިދާރާ (ޔޫއެފްއޭ) އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ފީފާގެ ކޮރަޕްޝަނާއި ބޮޑެތި ތުހުމަތުތައް

– މެސީ ބަހައްޓަން މެޗު އޮޅުވާލުން: ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އަތުން 3-2 އިން ބަލިވެ މިޞްރު ކަޓަން ޖެހުނީ ރެފްރީން ގަސްތުގައި ނިންމި ބޭއިންސާފު ނިންމުންތަކެއްގެ ސަބަބުން ކަމަށް މިޞްރުގެ ކޯޗު ހުސާމް ޙަސަން ވަނީ ތުހުމަތުކޮށްފައެވެ. މިޞްރުން 2-0 ގެ ލީޑެއް ނަގާފައިވަނިކޮށް، ފަހު 11 މިނެޓުގެ ތެރޭގައި އާޖެންޓީނާއިން 3 ގޯލު ޖެހިއިރު، ވީއޭއާރް މެދުވެރިކޮށް މިޞްރުގެ ގޯލެއް ކެންސަލްކޮށް، މެސީއާއި އާޖެންޓީނާ މުބާރާތުގައި ބެހެއްޓުމަށް ފީފާއިން މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ.

– ޓްރަމްޕްގެ ނުފޫޒާއި އެމެރިކާ ކެޓުން: އެމެރިކާގެ ކުޅުންތެރިޔާ ފޮލަރިން ބަލޯގުންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން، ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި ނުފޫޒު ފޯރުވައިގެން އުވާލި މައްސަލައިގައި ޔޫއެފްއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، މި ބޮޑު އޮޅުވާލުމާއެކުވެސް، ބެލްޖިއަމް އިން ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެމެރިކާ ބަލިކޮށް، އެމީހުންގެ އަމިއްލަ ޤައުމުގައި މުބާރާތުން ކަޓުވާލާފައެވެ.

– ރަޝިޔާއާއި އިޒްރޭލުގެ ތަފާތުކުރުން: ޔޫކްރެއިންއަށް އެރުމާއެކު އެންމެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފީފާއިން ރަޝިޔާ ސަސްޕެންޑްކުރިއިރު، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ރަހުމްކުޑަ ޤަތުލުޢާންމާއި ނަސްލުހޭދުއާ ގުޅިގެން އދ. އާއި ބައިނަލްއަޤްވާމީ ކޯޓުތަކުން އިޒްރޭލު ކުށްވެރިކުރާއިރުވެސް، އެ ޤައުމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ފީފާއިން ދަނީ ދެކޮޅު ހަދަމުންނެވެ.

– ފަލަސްޠީނާއި އެލް.ޖީ.ބީ.ޓީ: އެލީޓުންގެ ލޮބިކުރުމާއި، ސިޔާސީ އަދި މާއްދީ ފައިދާއަށް ފީފާއިން އެމީހުންގެ މުބާރާތްތަކުގައި އެލް.ޖީ.ބީ.ޓީ ”ޙައްޤުތައް“ ޕްރޮމޯޓްކުރަން ކުޅުންތެރިންނަށް މަޖުބޫރުކުރާއިރު، ފަލަސްޠީނުގެ ދިދަ ނެގުމާއި ފަލަސްޠީނުގެ މުސްލިމުންނަށް ތާއީދުކޮށް ޝުޢޫރު ފާޅުކުރުން ވަނީ ”ސިޔާސީ“ ކަމެއްގެ ގޮތުގައި ބަލައި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް އަދަބުދީ މަނާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި