Wednesday, 9 September 2026
Ads by

ސަގާފީ ތަރިކަ ކުރިއެރުވުމުގައި ދާއިރާގެ ފަންނުވެރިންގެ މަޝްވަރާ ހޯދުމަކީ ސަރުކާރުގެ އަމާޒެއް: ހީނާ

ސަގާފީ ތަރިކަ ކުރިއެރުވުމުގައި ދާއިރާގެ ފަންނުވެރިންގެ މަޝްވަރާ ހޯދުމަކީ ސަރުކާރުގެ އަމާޒެއް: ހީނާ

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު--- ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ދާއިރާ ކުރިއެރުވުމަށްޓަކައި، އެ ދާއިރާގެ ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ސިޔާސަތުތައް ބައްޓަންކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ހީނާ މިމޭރުމުން ވިދާޅުވީ، ”ތަރިކަވެރިންގެ އަޑު“ ގެ ނަމުގައި ރާއްޖޭގެ ސަގާފީ ތަރިކައިގެ ދާއިރާގެ ފަންނުވެރިންނާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް ރޭ ދެއްވި އިންޓަރވިއުއެއްގައެވެ. މިއީ މި ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ބޭއްވުނު މިފަދަ ފުރަތަމަ ބައްދަލުވުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދިވެހި ބޭސްވެރިކަމާއި، ކުރެހުމުގެ ފަންނާއި، އަދި ތަރިކައާ ގުޅުންހުރި ކުދި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އެކި ދާއިރާތަކުގެ ފަންނުވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ފަންނުވެރިންނާ ބައްދަލުކޮށް، އެ ބޭފުޅުންގެ ފަންނުތަކާ ގުޅޭގޮތުން ވާހަކަދައްކާލުމުގެ ފުރުސަތު ލިބިގެންދިއުމަކީ މި ދާއިރާ ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ބޭފުޅުންގެ ހިޔާލުތަކަށް ބިނާކޮށް، ގުޅިގެން ކުރެވިދާނެ ގިނަ މަސައްކަތްތަކެއް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ފަންނުވެރިންގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ދާއިރާގެ ކުރިމަގު ބައްޓަންކުރުން ކަމަށެވެ.

ދިވެހި ގައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި