Wednesday, 9 September 2026
Ads by

ހިމަބިއްސަކީ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން: ޤީލާ

ހިމަބިއްސަކީ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން: ޤީލާ

ހެލްތް މިނިސްޓަރު ޤީލާ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސަކީ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން ކަމަށާއި، ބަލި ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ކަންކަން ނުދާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ރާއްޖެއިން މި ދުވަސްވަރު ހިމަބިހީގެ ކޭސްތައް ފެންނަމުންދާ ކަމަށާއި، ނަމަވެސް މި ބަލި އޮތީ ކޮންޓްރޯލް ނުކުރެވޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ނޫން ކަމަށެވެ.

”ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔަކަށް ވާތީ އެ ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ވަރަށް ކުރުވާނެ. އެހެންވީމަ މި ބައްޔަކީ އަޅުގަނޑުމެންނަށް އާދަޔާ ހިލާފަށް ފެތުރެމުންދާ ނުވަތަ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން،“ – މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޤީލާ އިތުރަށް ވިދާޅުވީ ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކޮންޓްރޯލް ކުރުމަށް މިނިސްޓްރީން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ބައްޔެއް ކަމަށެވެ. އަދި ހިމަބިއްސާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް މަޖިލީހަށް ހާޒިރުވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ފެނިފައިވެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ޖުމްލަ 121 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ބަލިން ރައްކާތެރިވުމަށް ސަރުކާރުން ފަށާފައިވާ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 5،495 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެއް ނަމަވެސް، ދޭތެރެ ދޭތެރެއިން ބިދޭސީންގެ ފަރާތުން ބަލި ފެނެއެވެ. މިފަހަރު ކަންބޮޑުވުން އިތުރުވެފައިވަނީ ދިވެހިންގެ ތެރޭގައި ބަލި ފެތުރެމުންދާތީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި