Sunday, 25 October 2026
Ads by

އެމްޑީޕީން ސްކޫލް ކުދިންނަށް ނާސްތާ ޕްރޮގްރާމް ހިންގީ ރާއްޖޭގެ ފަސްމަންޒަރަށް ބެލުމެއްނެތި:ޝަފީއު

އެމްޑީޕީން ސްކޫލް ކުދިންނަށް ނާސްތާ ޕްރޮގްރާމް ހިންގީ ރާއްޖޭގެ ފަސްމަންޒަރަށް ބެލުމެއްނެތި:ޝަފީއު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ރާއްޖޭގެ ހާލަތާއި ފަސްމަންޒަރަށް ބެލުމެއް ނެތި ފެށި މަޝްރޫއެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މެންބަރު އަހުމަދު ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ”ސްކޫލް މީލްސް“ ޕްރޮގްރާމްތައް ހިންގި ނަމަވެސް، ކޮންމެ ޕްރޮގްރާމެއްވެސް ހިންގަންވާނީ އެ ގައުމެއްގެ ހާލަތާ ގުޅޭގޮތަށް (ކޮންޓެކްސްޗުއަލައިޒް ކޮށްގެން) ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުން ގާނޫނުގައި ކޮންމެ ކުއްޖަކަށް ނާސްތާ ދޭންވާނެ ކަމަށް ލިޔެ، އެކަން ފެށި ނަމަވެސް، ފަހުން އެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުރިހާ ކުދިންނަށް ނާސްތާ ނުދީ، ހަމައެކަނި ބޭނުންވާ ކުދިންނަށް ނާސްތާ ދޭ ގޮތަށް ނިންމާފައެވެ. އަދި ވަކި ހިސާބަކުން އެ ޕްރޮގްރާމް ވަނީ މެދުކަނޑާލާފައެވެ.

މިހާރުގެ ސަރުކާރުން މިކަމުގައި ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ސްކޫލް ފެށޭއިރު ހާލަތު ނިކަމެތި ކުދިން ދެނެގަނެ، ރަށުގެ މަސްލަހަތުވެރިންނާ ވާހަކަދައްކައިގެން އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

”އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް ގާތްގަނޑަކަށް 41 އަށްވުރެ ގިނަ ދަރިވަރުންނަށް އެ އެހީތެރިކަން ފޯރުކޮށްދެވެމުންދޭ. އަޅުގަނޑުގެ ހިތުން ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނީ މިފަދަ ގޮތަކަށް،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ރަނގަޅަށް ރޭވުމެއް ނެތި ފެށި މި ޕްރޮގްރާމް މެދުކަނޑާލަން ޖެހުނު ސަބަބުތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެންމެ އެހީތެރިކަން ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި