Sunday, 26 July 2026
Ads by

ދިވެހި ލިޔުންތެރިން ވާންޖެހޭނީ ގައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެރި ބަޔަކަށް: ރައީސް  

ދިވެހި ލިޔުންތެރިން ވާންޖެހޭނީ ގައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެރި ބަޔަކަށް: ރައީސް  

ދިވެހި ލިޔުންތެރިން ވާންޖެހޭނީ ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖުގައި ވިދާޅުވީ ދިވެހި ލިޔުންތެރިން ވާންޖެހޭނީ މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ، އަދި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެރި، ޤައުމުދެކެ ލޯބިވާ ބަޔަކަށްކަމުގައެވެ. ދިވެހި  އަދި ބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.

މީގެ އިތުރުމް ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ލިޔުންތެރިންގެ ކިބައިން ރައީސް އެދިވަޑައިގެންފައިވެއެވެ.

މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ލިޔުންތެރިކަމަކީ ހެޔޮ މަގަށް މީސްތަކުން ގެންދިއުމަށް ބޭނުންކުރެވޭ ވަރުގަދަ ވަސީލަތެއްކަމަށާއި، މި ވަސީލަތް ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ މަޖައްލާކަމަށްވާ ”އަލްއިޞްލާޙު“ ނެރުނު ތާރީޚާ ގުޅުވައިގެންނެވެ. ރާއްޖޭގައި ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށީ 1993 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި އަހަރަކީ މި ދުވަސް ފާހަގަކުރާތާ 34 އަހަރު ފުރޭ މުނާސަބަތެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ރާއްޖެ ބިނާކުރުމުގައި ލިޔުންތެރިން ވަނީ މުހިންމު ޒިންމާތަކެއް އަދާކުރައްވައިފައެވެ. ދީނީ ޢިލްމުވެރިން ދީނީ ރޮނގުންނާއި، އަދަބީ ޢިލްމުވެރިން އަދަބީ ރޮނގުންނާއި، ތާރީޚު ޢިލްމުވެރިން ތާރީޚީ ރޮނގުން މުޖުތަމަޢަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. ހަމަ އެފަދައިން، ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ވެސް ޤައުމުގެ ކުރިއެރުމަށް ލިޔުންތެރިކަމުގެ ހުނަރު ބޭނުންކޮށްގެން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި