Wednesday, 9 September 2026
Ads by

ނޯތު ހާބަރުގެ އޭ-ޒޯނުން އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި

ނޯތު ހާބަރުގެ އޭ-ޒޯނުން އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި

މާލެ ނޯތު ހާބަރުގައި އަޅާފައިވާ އުޅަނދުތަކެއް---

މާލެއާއި އަތޮޅުތަކާ ދެމެދު މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު ގާތްކުރާ މާލޭ ނޯތު ހާބަރުގެ އޭ-ޒޯނުން ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް އިއްޔެއިން ފެށިގެން ރަސްމީކޮށް ދޭން ފަށައިފިއެވެ.

Ad Image
Ads by

މާލޭ ނޯތު ހާބަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، ބާޒާރުމައްޗާ ވީ ފަޅީގައި އޮންނަ ސަރަހައްދުން މި ހިދުމަތް ދޭން ފެށީ  ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ނިމުމާ ގުޅިގެންނެވެ. މީގެކުރިން މާލޭ އުތުރު ބަނދަރުގައި މި ހިދުމަތްތައް ލިބެމުން އައީ ހަމައެކަނި ބީ-ޒޯނާއި ސީ-ޒޯނުންނެވެ. ނަމަވެސް، އޭ-ޒޯނުގައި މި ހިދުމަތްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޕީއެލް އިން ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި، އޭ-ޒޯނުން ފެނާއި ކަރަންޓުގެ ހިދުމަތް ދޭން ފެށުމަކީ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ. މިގޮތުން، އެ ސަރަހައްދުން މިހާރު އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ ގާބިލުކަން ހުރިއިރު، ފެން ފޯރުކޮށްދިނުމަށްޓަކައި 16 ޕޮއިންޓެއް ވަނީ ގާއިމުކޮށްފައެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމުގައި އެމްޕީއެލްގެ ކަމާގުޅޭ އެކި ޑިޕާޓްމަންޓްތަކުން ކުރި އިހުލާސްތެރި މަސައްކަތް އެ ކުންފުނިން ވަނީ ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.

މާލޭ އުތުރުބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބަނދަރުގައި ކުރިން ފެނާއި ކަރަންޓުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ބީ-ޒޯނާއި ސީ-ޒޯނުން ކަމަށާއި އޭ-ޒޯނުން އެެ ހިދުަމތް ދޭން ފެށީ ބޮޑުތަކުރުފާނު މަގުގެ އެ ސަަރަހައްދު ފުޅާކޮށް ނިމުމުން، އެ ހިދުމަތް ދޭން ރަައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި