Wednesday, 9 September 2026
Ads by

ލަންކާގައި ޒުވާން އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ލަންކާގައި ޒުވާން އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ސްރީލަންކާގެ ބައްޓަރަމުއްލާގައި ތެރަޕިސްޓަކަށް އޮޅުވާލައިގެން ގެންގޮސް އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 51 އަހަރުގެ ދިވެހި ފިރިހެނަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

Ad Image
Ads by

ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ޝިކާރައަކަށްވެފައި ވަނީ އުމުރުން 28 އަހަރުގެ ޒުވާން އަންހެނެކެވެ. އޭނާއަކީ ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. ތުހުމަތުކުރެވޭ މީހާ މި އަންހެން ކުއްޖާއަށް ގުޅައި، މަސާޖުކުރުމަށް ކަމަށް ބުނެ ބައްޓަރަމުއްލާގެ ޕެލަވައްޓާ ސަރަހައްދުގައި ހުންނަ ގެސްޓްހައުސްއެއްގެ ވިލާއަކަށް ގެންދިޔުމަށްފަހު އޭނާ ރޭޕްކުރީ ކަމަށް ނޫސްތަކުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. ލަންކާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި، އޭނާއަކީ ރާއްޖޭގައި ވަޑާންކުރުމުގެ މަސައްކަތްކުރާ ވަޑިއެކެވެ. މި މީހާ ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި ހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.

މިހާރު ލަންކާގެ ފުލުހުން އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. އެހެންނަމަވެސް، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ އިތުރު ތަފުސީލެއް އަދި މިހާތަނަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސްރީލަންކާގައި ދިވެއްސަކު މިފަދަ ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވީ ނަމަވެސް، މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ އިދާރާއިން މިހާތަނަށް އެއްވެސް އެއްޗެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި