Saturday, 24 October 2026
Ads by

އަލްޝަރާ އާ ބަދަލުކުރުމަށް ފްރާންސުގެ ރައީސް މެކްރޯން އައިސްހުރި ދިމިޝްޤު ހޮޓާ ކައިރީ ބޮމުގެ ޙަމަލާތަކެއް ދީފި

އަލްޝަރާ އާ ބަދަލުކުރުމަށް ފްރާންސުގެ ރައީސް މެކްރޯން އައިސްހުރި ދިމިޝްޤު ހޮޓާ ކައިރީ ބޮމުގެ ޙަމަލާތަކެއް ދީފި

7 ޖުލައި 2026 ގައި ސީރިއާގެ ދިމިޝްޤުގައި، ފްރާންސުގެ ރައީސް އެމަނުއެލް މެކްރޯން ހުރި ހޮޓާ ކައިރީގައި ދިން ބޮމުގެ ޙަމަލާތަކަކަށްފަހު އެ ސަރަޙައްދުގައި އަލިފާން ރޯވެ ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ ސްކްރީން ގްރެބެއް. (ޔަމާމް އަލް ޝާރު / ރޮއިޓާސް)

ސީރިޔާއަށް ކުރަމުން ގެންދާ ރަސްމީ ދަތުރެއްގައި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޯން ހުރި ހޮޓާ ކައިރީގައި ބާރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފިއެވެ. މި ޙާދިސާ ހިނގީ ރައީސް މެކްރޯންގެ ކޮންވޯއި އެ ހޮޓަލުން ނުކުތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މި ޙަމަލާތަކުގައި 18 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ސީރިޔާގެ ދައުލަތުގެ ޚަބަރު ފަތުރާ އެޖެންސީން ރިޕޯޓުކޮށްފިއެވެ. މީގެ ތެރޭގައި 4 ފުލުހަކު ހިމެނެއެވެ.

Ad Image
Ads by

ފަރަންސޭސިވިލާތުގެ ރައީސްގެ ކޮންވޯއި ހޮޓަލުން ނުކުތުމާއެކު، މެކްރޮން ހުރި ހޮޓާ ކައިރީގައި ބާރުގަދަ އަޑުތަކެއް އިވުނުކަމަށް އަލް ޢަރަބިއާގެ ކޮރެސްޕޮންޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މި ޙަމަލާތައް ދީފައިވަނީ ދިމިޝްޤުގެ މައި ސަރަޙައްދެއްގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ކައިރީގައެވެ. ޙަމަލާތަކާ ގުޅިގެން ސީރިޔާގެ ސަލާމަތީ ބާރުތަކުން އެ ސަރަޙައްދު ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

މި ދަތުރަކީ 2024 ވަނަ އަހަރު ސީރިޔާގެ ވެރިކަން ބަދަލުވި ފަހުން ޔޫރަޕްގެ އިސް ލީޑަރަކު ސީރިޔާއަށް ކުރި ފުރަތަމަ ދަތުރުފުޅެވެ. މި ޙާދިސާއާ ގުޅިގެން މެކްރޯންގެ ދަތުރަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ވަނީ ކަށަވަރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި