Wednesday, 9 September 2026
Ads by

”ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމުތަކަށް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ހާސިލުނުކުރެވޭނެ“

”ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމުތަކަށް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ހާސިލުނުކުރެވޭނެ“

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރަނގަޅު ސިއްހަތަކީ، ތައުލީމާއި މުޖުތަމައުގެ ކުރިއެރުމުގެ އިތުރުން، އިގްތިސާދީ ފާގަތިކަމުގެ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ، މިއަދު ހެނދުނު އޮތް ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026 (އައިޖޭސީއެޗްޕީ 2026) ރަސްމީކޮށް އިފްތިތާހްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މި ހިނގާ ޖުލައި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާއި ހަމައަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ކޮންފަރެންސްގެ ޝިއާރަކީ ”އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިންގ ދަ ފިއުޗަރ އޮފް ހެލްތްކެއަރ ފޯރ ސަސްޓެއިނަބަލް އިމްޕެކްޓް“ އެވެ.

މި ކޮންފަރަންސްގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނާއި، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކާއި، ތައުލީމީ ދާއިރާގެ ބޭފުޅުންގެ އިތުރުން ބައިނަލްއަގްވާމީ މެހެމާނުންނާ މުހާތަބުކުރައްވައި، ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް، މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ބޭފުޅުންގެ ބައިވެރިވުމުން ރަމްޒުކޮށްދެނީ އިލްމާއި، ގުޅިގެން މަސައްކަތްކުރުމާއި އީޖާދީ ގޮތްތަކުގެ ތެރެއިން ސިއްހީ ދާއިރާ ކުރިއެރުވުމަށް އޮތް ގުޅިފައިވާ އަޒުމްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ހިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައިވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއްކަން މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމުތަކަށް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ހާސިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ގައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިގްތިސާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ކަމަށްވިޔަސް، ގައުމެއްގެ ހަގީގީ ބާރުވެރިކަންހުރި މިންވަރީ، އެ ގައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރެއްގެ މައްޗަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓެކްނޮލޮޖީ، ޖީނޮމިކްސް، ރޮބޮޓިކްސް އަދި ޕްރިޑިކްޓިވް އެނަލިޓިކްސް ފަދަ ކަންކަމުގެ ދައުރު ފުޅާވަމުން އަންނަކަން މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސިއްހީ ހިދުމަތްތައް ހަރުދަނާކުރެވިގެންދާދިއުމުގައި، ޓެކްނޮލޮޖީގެ ދައުރު އޮތް ކަމުގައިވިޔަސް، އޯގާތެރިކަމަކީ ބަދަލުނުކުރެވޭނެކަމެއްކަން ފާހަގަކުރައްވައި، އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމުގެ ކުލުނު ގެނެސްނުދެވޭނެކަމާއި، ކަންބޮޑުވެފައިވާ މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެކަމެއް ނޫންކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ. ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް އޮންނަ އެއްޗަކަށް ކަމަށާއި، އިންސާނުންނަށް ހިދުމަތްކުރުމުގައި ހަމައެކަނި ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވެގެން ނުވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް ތަކަށް ވިލުންތެރި ސިއްހީ ނިޒާމެއްގެ މުހިންމުކަންވެސް މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކާއި، އައު ބަލިތައް ފެތުރުމާއި، އާބާދީއަށް އަންނަ ބަދަލުތަކާއި، ޖިއޮގްރަފީ ގޮތުން ރަށްތައް ބެހިފައިވުމަކީ އީޖާދީ އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކަށް ބޭނުންވާ ގޮންޖެހުންތަކެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ތަކުރާރުކުރައްވަމުން، އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޒަމާނީ އުމްރާނީ ތަރައްގީއަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، ހާއްސަ ހިދުމަތްތަކުގެ އިތުރުން، ބައިނަލްއަގްވާމީ ގުޅުންތަކަށް ސަރުކާރުން މެދުނުކެނޑި ވުނަކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަރުހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވަމުން، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުހަލާއެއްގައި އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުން ކަމަށާއި، ގިނަ ފަހަރަށް ބަލިމީހާގެ ހާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަ، އަދި އެންމެ ފަހުން އެމީހަކާ ވަކިވެގެންދާ ބަޔަކީވެސް ނަރުހުންކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ. ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންގެ ހިދުމަތްތެރިކަމާއި އޯގާތެރިކަމަށްޓަކައި އެކަމަނާގެ ވާހަކަފުޅުގައި ވަނީ ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކަނބަލުންގެ ދައުރު ފާހަގަކުރައްވައި، އަންހެނުން އިސް ސަފުގައި ތިބުމުން ސިއްހީ ނިޒާމުތައް އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ، އަދި މުޖުތަމައުގެ ބޭނުންތަކަށް އިޖާބަދޭ ނިޒާމަކަށް ސިއްހީ ނިޒާމު ވެގެންދާނެ ކަމަށާއި، ސިއްހީ ދާއިރާގެ އިސް ސަފުގައި އަންހެނުންނަށް އެއްބާރުލުން ދިނުމަކީ ސިއްހީ ހިދުމަތް ކުރިއެރުވުމަށް މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، މި ކޮންފަރަންސްގެ ސަބަބުން ބައިވެރިންގެ މަގްސަދުތަކަށް އާރޯކަން ލިބި، ގުޅުންތައް ބަދަހިވެ، އާ ހިޔާލުތަކަށް ހިތްވަރު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ. އެއަށްފަހު، އެކަމަނާ ވަނީ އައިޖޭސީއެޗްޕީ 2026 ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ކޮންފަރަންސް އިންތިޒާމުކުރެއްވި ފަރާތްތަކުގެ ނަމުގައި އެކަމަނާއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި ފިލާ އެކަމަނާއަށް އެރުވީ ކޯ-ޗެއަރ އަދި އެސޯސިއޭޓް ޕްރޮފެސަރ ފާޠިމަތު ޝިފާޒާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި