Wednesday, 9 September 2026
Ads by

ބީއެމްއެލްގެ މާލީ ހާލަތު ރަނގަޅު، ބޭރު ފައިސާގެ ރިޒާވް އެހެން ބޭންކުތަކަށްވުރެ އިތުރު: ޝަރީފް

ބީއެމްއެލްގެ މާލީ ހާލަތު ރަނގަޅު، ބޭރު ފައިސާގެ ރިޒާވް އެހެން ބޭންކުތަކަށްވުރެ އިތުރު: ޝަރީފް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޝަރީފް--- ފޮޓޯ: މިހާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކަށީގެންވާ ވަރަށް ޑޮލަރު ނެތް ކަމަށް އާންމުންގެ މެދުގައި އުފެދިފައިވާ ތަސައްވުރަކީ ކުށް ހީއެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”މިހާރު“ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ރަނގަޅަށް ކަމަށާއި ރާއްޖޭގެ އެހެން ހުރިހާ ބޭންކުތަކެއް އެއްކޮށްލުމުން ޖެހޭ މިންވަރަށް ވުރެ އިތުރަށް ބީއެމްއެލްގައި ބޭރު ފައިސާގެ ޑިޕޮސިޓް އެބަހުރި ކަމަށެވެ.

ބޭންކަށް ލިބޭ ޑިޕޮސިޓްތައް ބޭނުންކުރާ ގޮތް ތަފްސީލުކޮށްދެއްވަމުން ޝަރީފް ވިދާޅުވީ، ޑިޕޮސިޓްގެ 70 އިންސައްތަ ބޭނުންކުރަނީ ލޯނު ދޫކުރުމަށް ކަމަށެވެ. އަދި ބާކީ 30 އިންސައްތަ ބަހައްޓަނީ ނަގުދު ފައިސާ އާއި ރިޒާވްގެ އިތުރުން، ފަސޭހައިން ފައިސާއަށް ބަދަލުކުރެވޭ އެހެނިހެން އެސެޓްތަކުގެ ގޮތުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްއަކީ ބޭރުގެ ދިގު މުއްދަތުގެ ދަރަންޏަށް ބަރޯސާވާ ތަނެއް ނޫންކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ކުރު މުއްދަތުގެ ކުދިކުދި ފެސިލިޓީތަކެއް ފިޔަވައި، ބޭންކުގެ ހުރިހާ މަސައްކަތްތަކެއް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ އެހީގައި ކަމަށެވެ. މިކަން ބޭންކުން އާންމުކުރާ ކުއާޓަލީ އަދި އަހަރީ ރިޕޯޓުތަކުން ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކަސްޓަމަރުން ބޭންކުގައި ބަހައްޓާ ޑޮލަރު ޑިޕޮސިޓަކީ ބޭންކުން އެ ކަސްޓަމަރުންނަށް އަނބުރާ ދައްކަންޖެހޭ އެއްޗެއް ކަމަށާއި އެއީ ޑިޕޮސިޓް ކުރި ފަރާތްތަކުގެ މިލްކެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ދިވެހި ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް ފައިސާ ދެއްކުމަށް އެ ޑިޕޮސިޓްތައް ނުވަތަ ބޭރުން ނަގާ ދަރަނި ބޭނުންކުރުމަކީ ބޭންކަށް ކުރެވޭނެ ކަމެއް ނޫންކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

”އޭގެ ބަދަލުގައި، އެ ޑިޕޮސިޓްތައް އިންވެސްޓް ކުރަނީ ޑޮލަރުން އަނބުރާ ދައްކަންޖެހޭ ލޯނުތަކަށާއި އެހެނިހެން އިންވެސްޓްމަންޓްތަކަށް. ކޮންމެ ވިޔަފާރި ބޭންކަކުން ވެސް އަމަލުކުރާ އުސޫލުން، އަޅުގަނޑުމެން ވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަދަ ގޮތަކަށް ބޭންކުގެ އެސެޓްތައް މެނޭޖުކުރުމަށް،“ – ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭންކުގައި ހުރި ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަދަ ހަރުދަނާ އުސޫލެއްގެ މަތިން ބޭންކުގެ އެސެޓްތައް ބެލެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޝަރީފް ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު