Saturday, 24 October 2026
Ads by

ނަތަންޔާހޫ އެމެރިކާއަށް: ”އަހަރެމެންގެ އެހެން ރައްޓެހިންވެސް އެބަތިބި، ޚާއްޞަކޮށް އިންޑިއާ“

ނަތަންޔާހޫ އެމެރިކާއަށް: ”އަހަރެމެންގެ އެހެން ރައްޓެހިންވެސް އެބަތިބި، ޚާއްޞަކޮށް އިންޑިއާ“

އިސްތިއުމާރާއި ނަސްލުހޭދުގެ އަޚުން: އެމެރިކާގެ ރައީސް ޓްރަމްޕު، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ (އެކިއެމްވީ ފޮޓޯ ކޮލާޖު)

އިޒްރޭލަށް އޮތް ހަމައެކަނި ބާރުގަދަ ބައިވެރިޔާއަކީ އެމެރިކާ ކަމަށް ބުނެ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ދެއްކި ވާހަކަތަކަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޅުގައި ރައްދުދީ، އިޒްރޭލުގެ ދިފާޢުގައި އިންޑިއާގެ 1.4 ބިލިއަން މީހުންގެ ވަރުގަދަ އެހީތެރިކަން އެބައޮތްކަމަށް ބުނެފިއެވެ.

Ad Image
Ads by

ފޮކްސް ނިއުސްގެ ’ސަންޑޭ ބްރީފިންގ‘ ޕްރޮގްރާމްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، ވެންސްއާ އޮންނަ ގުޅުމަށް އިޙްތިރާމްކުރާ ކަމަށާއި، ނަމަވެސް އޭނާ ދައްކާ ހުރިހާ ވާހަކައަކަށް އެއްބަސްނުވެވޭނެ ކަމަށެވެ.

އެމެރިކާގެ އިންޒާރާއި އިންޑިއާގެ ބާރު ދެއްކުން

އެމެރިކާއިން އިޒްރޭލަށް ދެމުންދާ ބިލިއަނުން ހަތިޔާރުގެ އެހީ ހަނދާންކޮށްދީ، ޖޭޑީ ވެންސް ވަނީ އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެމް.އޯ.ޔޫ އަށް ފާޑުކިޔުން ހުއްޓާލުމަށް އިޒްރޭލުގެ ކެބިނެޓް މިނިސްޓަރުންނަށް އަންގާފައެވެ. ވެންސް ބުނީ ދުނިޔޭގައި އިޒްރޭލަށް ހަމްދަރުދީވާ ހަމައެކަނި ލީޑަރަކީ ޑޮނަލްޑް ޓްރަމްޕް ކަމަށެވެ. ވެންސްގެ މި ވާހަކައަށް ރައްދުދެމުން ނަތަންޔާހޫ ބުނީ:

”އަހަރެމެންގެ އެހެން ރައްޓެހިންވެސް އެބަތިބި. އިންޑިއާ ކިޔާ ކުޑަކުޑަ ޤައުމެއް އެބައޮތް، އެތަނުގައި 1.4 ބިލިއަން މީހުން އެބައުޅޭ. އަދި ބަލާބަލަ، އެތަނުން އަހަރެމެންނަށް ލިބެނީ ކިހާ ބޮޑު ތާއީދެއް! އަހަރެންގެ ފޭސްބުކް އެކައުންޓަށް ބެލިޔަސް އެނގޭނެ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ލިބޭ ތާއީދު އޮހެމުންދާވަރު.“

އަސްކަރީ އެހީތެރިކަމާއި ޑިޕްލޮމެޓިކް ޚިޔާނާތް

ބައިނަލްއަޤްވާމީ އިންސާނީ ޖަމާޢަތްތަކުން ހާމަކުރާ ގޮތުގައި، އިންޑިއާގެ މޯދީ ސަރުކާރުން ދަނީ އިޒްރޭލުން ހިންގާ ޤަތުލުޢާންމަށް ސީދާގޮތުން ހަތިޔާރާއި ޓެކްނޮލޮޖީ ފޯރުކޮށްދެމުންނެވެ. އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ފެކްޓްރީތަކުން އުފައްދާ އަސްކަރީ ޑްރޯންތަކުގެ ބައިތަކާއި، މަތީ ފެންވަރުގެ ގޮވާތަކެތި ސީދާ އިޒްރޭލުގެ އަސްކަރިއްޔާއަށް ދަނީ ސަޕްލައި ކުރަމުންނެވެ.

މީގެ އިތުރުން، އދ. ފަދަ ބައިނަލްއަޤްވާމީ މަޖިލިސްތަކުގައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ވޯޓުތަކުގައި އިންޑިއާއިން ވަނީ ވަކި ފަރާތަކަށް ވޯޓުނުދީ ހިފަހައްޓާފައެވެ. މިއީ އިޒްރޭލުގެ ޖަރީމާތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިއާއިން ދޭ ބޮޑު ޑިޕްލޮމެޓިކް ހިމާޔަތެކެވެ.

ސިއްރު އެއްބަސްވުންތަކާއި ލުބުނާނުގެ މަސްރަޙު

ނަތަންޔާހޫ އިތުރަށް ބުނި ގޮތުގައި، ސޯޝަލް މީޑިއާގައި އިޒްރޭލާ ދެކޮޅު ޕްރޮޕަގަންޑާ ގިނަވުމުން ބޭރުފުށުން ފާޑުކިޔުންތައް ފެނުނު ނަމަވެސް، ދުނިޔޭގެ ގިނަ ލީޑަރުން ސިއްރިއްޔާތުގައި އިޒްރޭލަށް ގުޅައި، ސައިބަރ ސެކިއުރިޓީއާއި އަސްކަރީ ޓެކްނޮލޮޖީގެ އެއްބަސްވުންތައް ހަދަން ބޭނުންވެއެވެ. އިޒްރޭލަކީ ދުނިޔޭގެ 2 ވަނަ ސައިބަރ ބާރު ކަމަށްވުމުން، އެމެރިކާގެ އެހީއާ ނުލައިވެސް އިޒްރޭލު އެކަނިވެރި ނުވާނެކަން އޭނާ ހާމަކުރިއެވެ. މިއީ ލުބުނާނު ބޯޑަރުގެ އަސްކަރީ ކަންކަމުގައި އެމެރިކާއިން އިޒްރޭލުގެ ސިޔާސަތުތައް މައިކްރޯމެނޭޖް ކުރަން އުޅުމުން ދިން ހެޑްސް-އަޕް އެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި