ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށާއި އޭޑީކޭ ހޮސްޕިޓަލުން ތިން މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. ހަމައެހެންމެ އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް 58 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ގާއިމުކުރި އިވެކުއޭޝަން ސެންޓަރު މިހާރު ވަނީ ބަންދުކޮށްފަ.
އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައި.ޖީ.އެމް.އެޗް އިން 25 މީހަކަށް އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުން 3 މީހަކަށް ވަނީ ފަރުވާ ދީފަ.
އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި،… pic.twitter.com/fkf9HvjZou— NDMA Maldives (@NDMAmv) July 5, 2026
އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިންސާނީ އެހީތެރިކަމާއި ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ 22:49 އެހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ރޭ 23:48 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.












