Sunday, 25 October 2026
Ads by

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އާ ފުރުސަތުތަކެއް ހޯދައިދޭނަން: މުއްޠަލިބް

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އާ ފުރުސަތުތަކެއް ހޯދައިދޭނަން: މުއްޠަލިބް

ހައުސިންގ މިނިސްޓަރު މުއްޠަލިބް--- ފޮޓޯ: އެޗްޑީސީ

ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ދިރިއުޅުން އިތުރަށް ތަނަވަސްކުރަން ބޯހިޔާވަހިކަމުގެ އާ ފުރުސަތުތައް ހޯއްދަވާދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ހިޔާގެ 16 ޓަވަރުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވުމުގެ ސަބަބުން އެހެން ތަންތަނަށް ބަދަލުވާން އެ އާއިލާތަކުން ބޭނުންވެފައިވާ ކަމަށެވެ.

ނަމަވެސް، އެފަދަ ބަދަލެއް ގެނައުމަކީ ދަތި ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، މިހާރަށްވުރެ ތަނަވަސް ދިރިއުޅުމެއްގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވަން މި ވަގުތު ދަތި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޮޑު އާބާދީއަކަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ހިޔާ ސަރަހައްދުގެ ހުސްބިންތައް ނުވަތަ ”އޯޕަން ސްޕޭސް“ ތަކުން ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވުމުގެ ސަބަބުން، އިތުރު ހިދުމަތްތައް ގާއިމުކުރުމަށް ބިން ނެތުމުގެ ދަތިކަން ކުރިމަތިވެފައިވީ ނަމަވެސް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހިޔާ ފުލެޓްގައި ދިރިއުޅޭ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ހިޔާ ފުލެޓުގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން ފަސޭހަ ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި