ގ. ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންދް ރެސްކިއުޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، އަލިފާން ރޯވެފައިވަނީ އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ކަމަށެވެ. މި ހާދިސާ ހިނގިކަމުގެ ރިޕޯޓް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއަށް ލިބިފައިވަނީ މިރޭ 22:49 ހާއިރުކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ގ.ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި. މި ޙާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 22:49 ހާއިރު.
— Maldives National Defence Force (@MNDF_Official) July 5, 2026
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
އިތުރު ތަފްސީލް އަންނަނީ…












