Wednesday, 9 September 2026
Ads by

ކާޑިއެކް ސެންޓަރުން ދޭ ހިދުމަތްތަކުގެ ސަބަބުން އައިޖީއެމްއެޗަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު!

ކާޑިއެކް ސެންޓަރުން ދޭ ހިދުމަތްތަކުގެ ސަބަބުން އައިޖީއެމްއެޗަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު!

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ސަބަބުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއްރައްޒާޤު ވިދާޅުވީ، އެ ސެންޓަރުގެ ހިދުމަތް ފެށި ދުވަހުން ފެށިގެން އެތަނަކީ މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު ސެންޓަރު ކަމަށެވެ.

ކާޑިއެކް ސެންޓަރާއެކު ރާއްޖޭގައި ކާޑިއޯ ވަސްކިއުލަރ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވިފައިވާކަން ފާހަގަކުރައްވަމުން ޢަބްދުއްރައްޒާޤު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖޭގައި ތިބެގެން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެ، ބަލިމީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ. ހަމައެހެންމެ، ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދާންޖެހޭ ނިސްބަތް ދަށްކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، އައްޑޫ ސިޓީގައި މިދިޔަ ފެބްރުއަރީ މަހު ފެށި ކެތްލެބުގެ ހިދުމަތުގެ މައްޗަށް ޢަބްދުއްރައްޒާޤު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާތަނަށް 38 އެންޖިއޯގްރާމް، 20 އެންޖިއޯ ޕްލާސްޓީ، ކެރޮޓެޑް އާޓަރީގެ އެއް އެންޖިއޯގްރަފީ، އެއް ޕޭސް މޭކަރ އަދި އެއް އޭއައިސީޑީ އިމްޕްލާންޓް ކާމިޔާބުކަމާއެކު ހަދާފައިވާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލުގައި ވެސް ކެތްލެބުގެ ހިދުމަތް ފެށުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި