Wednesday, 9 September 2026
Ads by

މ. އަތޮޅާއި މާލެ އާ ދެމެެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފަށަނީ

މ. އަތޮޅާއި މާލެ އާ ދެމެެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފަށަނީ

މ. އަތޮޅާއި މާލެ އާ ދެމެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:ޓްރާންސްޕޯޓް މިނިސްޓްރީ

މުލަކު އަތޮޅާއި މާލެ އާ ދެމެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

ސްޕީޑް ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރު މުޙައްމަދު އަމީނެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދެވެ.

މ. އަތޮޅާއި މާލެ އާ ދެމެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައި ވަނީ މި ހިދުމަތް ފެށުމުން ރައްޔިތުންނަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށޭނެ ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ މ. އަތޮޅުން މާލެއަށް ސީދާ ދަތުރުތައް ކުރާގޮތަށް އެ އަތޮޅުގައި މިހާރު ކުރަމުން އަންނަ ސްޕީޑް ފެރީގެ ދަތުރުތަކަށް އާ ރޫޓެއް ބުރާސްފަތި ދުވަހުން ފެށިގެން ތައާރަފުކުރާނެ ކަމަށެވެ. އެގޮތުން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު އެ އަތޮޅުން މާލެއަށް ސީދާ ދަތުރެއް އެކުލެވިފައިވާ ތާވަލާ އެއްގޮތަށް ބަދަލުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި އިހެކޭ އެއްގޮތަށް ހޯމަ ދުވަހުގެ ދަތުރުތައް އެއްވެސް ބަދަލަކާ ނުލާ ކުރިއަށް ގެންދާނެ ކަމުގައެވެ. މި ދަތުރުތަކުގެ ޓިކެޓް އެ ކުންފުނީގެ އޮންލައިން ޕޯޓަލުން ނެގޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެފައި ވަނީ އެމްޓީސީސީން މިހާރު ވެސް މ. އަތޮޅުގެ ރަށްތަކަށް ސްޕީޑް ފެރީން ދަތުރުތައް ކުރަމުން އައި ނަމަވެސް އެ އަތޮޅަށް އެންމެ ބޮޑަށް ދަތިވަނީ މާލެ އާ ދެމެދު ދަތުރުކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ މި އެއްބަސްވުމުގައި އެމްޓީސީސީ އާއެކު ސޮއިކުރެވިފައި ވަނީ ދަތުރުތަކުން އެ ކުންފުންޏަށް ދޭން ޖެހޭ ސަބްސިޑީ ދިނުމަށް ފަހުގައި ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި