Monday, 27 July 2026
Ads by

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ރަސްމިއްޔާތަށް މެޑަމް ސާޖިދާ ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްދެއްވާފައެވެ. ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ ގައުމީ މަރުކަޒެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް އެކަމަނާ ބައްލަވާލެއްވިއެވެ.

އައިޖީއެމްއެޗުގައި ހިތުގެ ބަލިތަކަށް ހާއްސަ ފަރުވާ ދިނުމަށް ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 1 ޖުލައި 2016 ވަނަ ދުވަހުއެވެ. މި ސެންޓަރަށް 10 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ޔުނިޓް އުފެދިގެން އައިގޮތާއި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ޚިދުމަތް ފުޅާވެ، ތަރައްޤީވެފައިވާ މިންވަރުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ކާޑިއެކް ސެންޓަރުން ދެމުން އައި ހިދުމަތްތަކުގެ ފެންވަރު ވަނީ ހަރުދަނާ ކުރެވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260727_100608_767
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
20260727_064622
ސޫރިޔާގެ ދައިރުއްޒޫރުން ދިމަޝްޤަށް ދަތުރުކުރާ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 35 މީހުން މަރުވެއްޖެ
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި