Sunday, 25 October 2026
Ads by

މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް އަލުން ކަރަންޓު ދީފި

މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް އަލުން ކަރަންޓު ދީފި

ކުޅުދުއްފުއްޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދަނީ - ފޮޓޯ:ސްޓެލްކޯ

ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓު ދީފިއެވެ.

Ad Image
Ads by

ކުޅުދުއްފުށިން ކަރަންޓު ކެނޑޭތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ހޯމަ ދުވަހުގެ ހެނދުނު 9:15 ގައި މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ކުރަމުން އައި މަސައްކަތުގައި އެ ކުންފުނީގެ އެދުމުގެ މަތިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޓީމެއް އެ ސިޓީއަށް ދަތުރުކޮށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފެނަކައިން ރޭ ބުނީ ކުޅުދުއްފުށީގައި ހިންގަމުން އައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް ރޭގަނޑު 8:10 ގައި މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ. ދިމާވި މައްސަލަ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފެނަކައިން ބުނެއެވެ. އެ ކުންފުނިން ވަނީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ސްޓެލްކޯގެ މެނޭޖްމަންޓާއި ޓެކްނިކަލް ސްޓާފުން ދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ކުޅުދުއްފުއްޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް ކަރަންޓު އަލުން ދިނުމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރެވުނީ އެ ކުންފުނީގެ އިލްމީ، ގާބިލު އަދި ތަޖުރިބާކާރު ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ. ގައުމީ ވާޖިބެއް ކަމުގައި ދެކިގެން މިފަދަ ހާލަތްތަކުގައި މުވައްޒަފުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކޮށް ފަހުމީ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވެސް ވަނީ ދިމާވި މައްސަލަ ހައްލުކޮށް ކުޅުދުއްފުށި ސިޓީއަށް ކަރަންޓު އަލުން ދިނުމުގައި ސްޓެލްކޯއިން ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި