Sunday, 26 July 2026
Ads by

ބިޒްނަސް ޕޯޓަލްގައި ނުނިމި ހުރި 12،500 އެޕްލިކޭޝަން ފުރިހަމަކުރަން 14 ދުވަހުގެ މުއްދަތެއް

ބިޒްނަސް ޕޯޓަލްގައި ނުނިމި ހުރި 12،500 އެޕްލިކޭޝަން ފުރިހަމަކުރަން 14 ދުވަހުގެ މުއްދަތެއް

މީގެ ކުރިން ގެންދިޔަ ފެސްޓިވަލްއެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން ހަރަކާތްތެރިވަނީ---

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ފުރިހަމަނުވެ ހުރި 12،500 އެޕްލިކޭޝަން ފުރިހަމަކުރުމަށް އިކޮނޮމިކް މިނިސްޓްރީން 14 ދުވަހުގެ މުއްދަތެއް ދީފިއެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެ މިނިސްޓްރީގެ ސްޓްރެޓެޖީ އެންޑް ރަޖިސްޓްރީ ސަރވިސް ކޮންސަލްޓަންޓް ބިޒްނަސް ރަޖިސްޓްރޭޝަން ޔޫސުފް ނައީމް ވިދާޅުވީ، ޕޯޓަލްގައި ހުރި ބައެއް ހުށަހެޅުންތަކުގެ މަރުހަލާތައް ފުރިހަމަނުކޮށް އަދި ބައެއް ހުށަހެޅުންތަކަށް ފައިސާ ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތަށް ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތަކުގެ ޖުމްލަ އަދަދު 12،500 އަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

”މި އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް އަޅުގަނޑުމެން މި ދެނީ 14 ދުވަހުގެ މުއްދަތެއް. މިކަން މިދިޔަ ބުރާސްފަތި ދުވަހު ވާނީ ސަރުކާރުގެ ގެޒެޓްގައި އިއުލާންކޮށްފައި. އެހެންކަމުން މި މުއްދަތު ހަމަވާނީ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އަށް،“ – ޔޫސުފް ނައީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަނުކުރާ އެޕްލިކޭޝަންތައް ޕޯޓަލްއިން އުނިކުރެވޭނެ ކަމަށާއި ނަން ރިޒާވްކުރުމަށްފަހު ފުރިހަމަނުކޮށް ހުރުމުގެ ސަބަބުން އެޕްލިކޭޝަން ބާތިލްވެއްޖެނަމަ، އަލުން އެ ނަން ހޯދަން ހުށަހަޅާއިރު އެ ނަން ލިބުމުގެ ފުރުސަތު ކުޑަވެދާނެ ކަމަށެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުންހިފާ، ވީ އެންމެ އަވަހަކަށް އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ސިސްޓަމަށް ގެނެވުނު ބަދަލުތަކާއެކު ކުރިއަށް އޮތް ތަނުގައި އެޕްލިކޭޝަނެއްގެ އެއްވެސް މަރުހަލާއެއް ފުރިހަމަކުރަން ޖެހިއްޖެނަމަ، އެކަން އީމެއިލް، މޯބައިލް އަދި ޕޯޓަލް ނޮޓިފިކޭޝަން މެދުވެރިކޮށް އަންގާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ނޮޓިފިކޭޝަން ލިބޭތާ ތިން ދުވަހުގެ ތެރޭގައި އެކަމެއް ފުރިހަމަ ނުކޮށްފިނަމަ، ސިސްޓަމުން އޮޓަމެޓިކުން އެޕްލިކޭޝަން ކެންސަލްވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި