Saturday, 24 October 2026
Ads by

އުސޫލުތަކާ ހިލާފަށް އެއަރޕޯޓް ސެކިއުރިޓީ ފާސް ބޭނުންކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

އުސޫލުތަކާ ހިލާފަށް އެއަރޕޯޓް ސެކިއުރިޓީ ފާސް ބޭނުންކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ތެރެ--- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސްތައް، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ބޭނުންކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފިއެވެ.

Ad Image
Ads by

އެ ކުންފުނީގެ މުވައްޒަފުންނާއި ކަމާގުޅުންހުރި އިދާރާތަކަށް އަމާޒުކޮށް ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވަނީ، އެއަރޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރެވޭ ހުއްދައެއް ކަމަށެވެ. ނަމަވެސް، ބައެއް މުވައްޒަފުން އޮޕަރޭޝަނަލް އެއްވެސް ޒަރޫރަތެއް ނެތި، ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށާއި ކަސްޓަމްސް ކޮންޓްރޯލް އޭރިއާތަކަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި، ސެކިއުރިޓީ ފާސް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ އޭވިއޭޝަން ސެކިއުރިޓީއަށް އޮތް ނުރައްކަލެކެވެ.

އެހެންކަމުން، ސެކިއުރިޓީ ފާސް ބޭނުންކުރަންވާނީ ހަމައެކަނި ރަސްމީ ޑިއުޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށާއި، އަމިއްލަ އެއްވެސް ބޭނުމަކު ފާސް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ. މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާ މެދު އިދާރީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، އެފަދަ ކަމެއް ކުރާ މުވައްޒަފަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލުން ނުވަތަ ކެންސަލް ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެހެންކަމުން، އެއަރޕޯޓުގެ ހުރިހާ ސެކިއުރިޓީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކޮށް، ގަވައިދުތަކަށް ބޯލެނބުމަށް އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި