Sunday, 26 July 2026
Ads by

ބާރަށުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް

ބާރަށުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް

ބާރަށުގައި ހުރި އާސާރީ ތަންތަން މިނިސްޓަރު ހީނާ ބައްލަވާލެއްވުން--- ފޮޓޯ: ޕީއެސްއެމް

ހއ. ބާރަށުގައި ހުރި އާސާރީ ތަންތަން މިހާރަށްވުރެ ބޮޑަށް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ހީނާ މި މޭރުމުން ވިދާޅުވީ، ހއ. އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ކުރިއަށް އޮތް ގައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް އެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބާރަށަށް ވަޑައިގެން އެރަށުގެ ތާރީހީ ބިނާތައް ބައްލަވާލެއްވުމަށްފަހުގައެވެ.

މި ދަތުރުގެ ތެރެއިން ބާރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރިކަ ހިމާޔަތްކުރުމަށް ކުރިއަށްދާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތާއި މަސައްކަތްތައް ތަރުތީބުވެފައިވާ ގޮތް މިނިސްޓަރު ވަނީ އޮޅުންފިލުއްވާފައެވެ. އަދި މިކަމުގައި ކައުންސިލާއި ރަށުގެ ރައްޔިތުންގެ ބޭނުންވާ ގޮތްތައްވެސް މިނިސްޓަރު އޮޅުންފިއްލުވާފައިވެއެވެ.

މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ އިތުރުންވެސް، ބާރަށުގައި ހުރި ޒަމާންވީ އެހެނިހެން އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކައުންސިލްގެ ތަސައްވުރާއި ރައްޔިތުންގެ ހިޔާލު މިހާރު ހޯއްދަވާފައިވާނެ ކަމަށެވެ.

”މިރަށުގައި އެބަހުރި މި މިސްކިތް ކަހަލަ ވަރަށް ބައިވަރު ތަންތަން މިގޮތައް ބަލަހައްޓަންޖެހޭ. އާސާރުގެ ގޮތުގައި އެހެންވީމަ ކުރިއަށް އޮތްތަނުގައި މިނިސްޓްރީއާއި ކައުންސިލާ ގުޅިގެން މި ތަންތަން އިތުރަށް ބަލައްޓައި ރައްކާތެރިކުރުމުގެ މަސައްކަތްތައް ކައުންސިލާ މަޝްވަރާކޮށް އެކަން ގެންދެވެނޭ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދާނަން،“ – މިނިސްޓަރު ހީނާ ވިދާޅުވިއެވެ.

ބާރަށުގައި މިހާރު ކުރިއަށްދާ ތަރިކައާ ގުޅުންހުރި މަޝްރޫއުތަކުގެ ތެރޭގައި، ކަމަނާމަގު ސާފުކޮށް ތަރައްގީކުރުމާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަހައްދު އަދި ވާރުގެ ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ގައުމީ ދުވަހުގެ ކުރިން ނިންމުމަކީ އަމާޒެއް ކަމަށާއި މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ހީނާ ވަނީ މި ދަތުރުގައި އެ ރަށްރަށުގެ އާސާރީ ބިނާތަކަށް ޒިޔާރަތް ކުރައްވާ އެތަންތަން ބައްލަވާލައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި