Wednesday, 9 September 2026
Ads by

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް 120 މިލިއަން ޑޮލަރުގެ އާމްދަނީއެއް

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް 120 މިލިއަން ޑޮލަރުގެ އާމްދަނީއެއް

ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---

ނިމިދިޔަ 2025 ވަނަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމާއި، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

Ad Image
Ads by

ފިނޭންސް މިނިސްޓްރީން ނެރުނު ބަޖެޓް ނަތީޖާ ރިޕޯޓުގައިވާ ގޮތުން، ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި 18 ފަރާތަކުން ވަނީ އެކަމާ ގުޅޭ ފީ ދައްކާފައެވެ. މީގެ އިތުރުން، ރިސޯޓުތައް ތަރައްގީކުރުމަށް ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި 15 ފަރާތަކުން 196 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެއެވެ.

ޓޫރިޒަމް ގާނޫނަށް ކުރިން އަމަލުކުރަމުން އައި ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރުގެ ރޭޓުން ފީ ދައްކަންޖެހެއެވެ. މި ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ދައްކާ ނިންމަންޖެހޭއިރު، އެއަށްވުރެ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާނަމަ، ކޮންމެ އަހަރަކަށް ދައްކަންޖެހޭ ފީ ދެ ލައްކަ ޑޮލަރަށް އިތުރުވެއެވެ.

ނަމަވެސް، ޓޫރިޒަމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާއެކު، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ފަރާތްތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. މި އިސްލާހުގެ ދަށުން، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާނަމަ، 50 އަހަރަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއްގެ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރުމަށް ދައްކަންޖެހެނީ ފަސް މިލިއަން ޑޮލަރެވެ. އަދި 20 އަހަރުގެ މުއްދަތެއް އިތުރުކުރަން ބޭނުންވާނަމަ ދައްކަންޖެހެނީ 2.5 މިލިއަން ޑޮލަރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި